ސްނެޕް އޮން ޝޯޓް ލިވްޑް ކްލައިމެޓް ޕޮލިއުޓެންޓްސް ވަރކްޝޮޕް ފަށައިފި

ސަޕޯޓިންގ ނޭޝަނަލް އެކްޝަން ޕްލޭންސް (ސްނެޕް) އޮން ޝޯޓް ލިވްޑް ކްލައިމެޓް ޕޮލިއުޓެންޓްސް ވަރކްޝޮޕް މިއަދު ފަށައިފިއެވެ.

ސްނެޕް އަކީ ކްލައިމެޓް އެންޑް ކްލީން އެއަރ ކޯލިޝަން (ސީސީއޭސީ) އިން މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ 11 ދާއިރާގެ ތެރެއިން އެއް ދާއިރާއެވެ. މި ވަރކްޝޮޕްގެ މަޤްސަދަކީ މޫސުމާއި ހަކަތައާއި ސިއްޙަތާއި އިޤްތިޞާދީ އެކި ސިނާޢަތްތަކަށް ނުރަނގަޅު އަސަރުކުރުވާ، ”ޝޯޓް ލިވްޑް ކްލައިމެޓް ޕޮލިއުޓެންޓްސް (އެސް.އެލް.ސީ.ޕީ) ނުވަތަ ކުރު މުއްދަތަށް ޖައްވު ތަޣައްޔަރުކުރާ މާއްދާތަކުގެ މިންވަރު މަދުކުރުމަށް ބާރުއެޅުމެވެ.

މި ވަރކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޢަބްދުﷲ މަޖީދު ވިދާޅުވީ މި ވަރކްޝޮޕްގެ ސަބަބުން އެސް.އެލް.ސީ.ޕީ ގެ ރާއްޖޭގައި ހިންގާ މަސައްކަތްތައް ހަރުދަނާވެ ކަމާގުޅޭ އެކި މުއައްސަސާތަކާ ގުޅިގެން މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވިގެންދާނެކަމަށެވެ.

މި ވަރކްޝޮޕްގައި ކަމާގުޅޭ އެކި ދާއިރާތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *