ކަންނެލި ދޯންޏަކާއި މުދާއުފުލާ ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ކަންނެލި ދޯންޏަކާއި މުދާއުފުލާ ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއަދު ހެނދުނު 08:10 އެހާކަންހާ އިރު، ހުޅުމާލޭ ކައިރީ ހިނގި މި އެކްސިޑެންޓުގައި މުދާއުފުލާ ދޯނީގައި ހުރި މީހަކަށްވަނީ އަނިޔާވެފައެވެ.

ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ އިރު، މި އެކްސިޑެންޓްގައި ދެ ދޯއްޏަށްވެސް އެކިވަރުގެ ގެއްލުންތައް ވަނީވެފައެވެ. އެގޮތުން މުދާއުފުލާދޯނި ދިޔަވެ އަޑިއަށްދާތީ އެދޯނި ހުޅުމާލެ ކަނޑިންމަ ކައިރިން ނެރުމައްޗަށް ބީއްސާލާފައިވާ އިރު، ކައްނެލި ދޯނި ވަނީ ހުޅުމާލެ ފަޅުތެރެއަށް ވައްދާފައެވެ.

މެރިން ޕޮލިހުން މިހާރު އަންނަނީ މި އެކްސިޑެންޓު އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *