ރޭ ޞަލާހުއްދީން މިސްކިތުގައި ނަމާދަށް ހުރި އަންހެނެއްގެ އަތް ދަބަހުން ޑޮލަރާއި ފައިސާތަކެއް ވަގަށް ނަގައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޞަލާހުއްދީން މިސްކިތުގައި ނަމާދަށް ހުރި އަންހެނެއްގެ އަތް ދަބަހުން ވައްކަން ކުރިކަން 8:00 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.
”މުހިއްމު ލިޔެކިޔުންތަކަކާއި، 300 އެއްހާ ޑޮލަރާއި، 3000 އެއްހާ ރުފިޔާއާއި ފޯނެއް ވަގަށްނެގި ކަމަށް ރިޕޯޓްކުރީ“ އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.