މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ދެމީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ދެމީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ނުވަ ރަބަރު ޕެކެޓާއެކު ދެ މީހަކު ހުޅުމާޅެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށާއި މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ  31 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެއް ކަމަށެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 2015 ނޮވެމްބަރ 11 ވަނަ ދުވަހުގެރޭ 20:00 ހާއިރު ހުޅުމާލެ ނަލަހިޔާ ސައިޓުންނެވެ.

”މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޕެކެޓްތަކުގެ ތެރެއިން ރަބަރު ޕެކެޓެއް ފެނިފައިވަނީ މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ތެރެއިން  31 އަހަރުގެ މީހާ ނަލަހިޔާ ސައިޓުން ބޭރަށް ނުކުމެ އެތެރެއަށް ވަތްތަން ފުލުހުން ފެނިގެން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ސޯޓު ވާތްފަރާތު ކުރިމަތީ ޖީބުން، އަދި އެވަގުތު އޭނާ ހުރި ތަނުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާއިރު އޭނާ އެވަގުތު ހުރިތަނުގެ ސީލިންގް މަތިން ބޮޑު ރަބަރު ޕެކެޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވޭ، މީގެއިތުރުން އޭނާ އެވަގުތު ހުރި ތަން ބަލައިފާސްކުރިއިރު އެތަނުގައި ހުރި ޑީވީޑީ ޕްލެޔަރެއްގެ ތެރެއިންމަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވޭ“ ފުލުހުން ބުނެފައި ވެ އެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 38 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނަލަހިޔާ ސައިޓުތެރެއިން  ސައިކަލެއްގައި ނުކުންނަން އައިތަނުން ހުއްޓުވައި ބަލައިފާސްކުރަންއުޅުމުން ފުލުހުން ފިލަން ދުވެފައިގޮސް އެސައިޓް ކުރިމަތީ ހުރި ގަސްތަކެއް ތެރެއަށް ވަދެ އުޅެނިކޮށް ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *