އެމްއާރްއައި މެޝިން ބެހެއްޓުމަށް 23 މިލިއަން ރުފިޔާ ޚަރަދުވި: އިރްތިޝާމް

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ބެހެއްޓި އެމްއާރްއައި މެޝިން ބެހެއްޓުމަށް 23 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް ހެލްތު މިނިސްޓަރ އިރްތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

އިރްތިޝާމް މިހެން ވިދާޅުވީ އައިޖީއެމް ހޮސްޕިޓަލުގައި އެމްއާރްއައިގެ ޚިދުމަތް ތަޢާރަފު ކުރުމަށް އެ ހޮސްޕިޓަލުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އެކަމަނާ ވިދާޅުވީ އެ މެޝިން ބެހެއްޓުމަށް ޚަރަދު ކޮއްފައިވަނީ ދިވެހި ސަރުކާރުގެ ބަޖެޓުން ކަމަށެވެ.

އައިޖީއެމް ހޮސްޕިޓަލުގައި މިއަދު ބެހެއްޓި އެމްއާރްއައި މެޝިނަކީ އުރޯ އިމޭޖިންގ އާއި އުރަމައްޗާއި މުޅި ހަށިގަނޑުގެ ލޭހޮޅިތަކުގެ ސްކޭން ކުރުމުގެ ޤާބިލުކަން ލިބިގެންވާ މެޝިނެކެވެ.

ދިވެހި ސަރުކާރުގެ ޚަރަދުގައި މިއަދު ބެހެއްޓި މެޝިނުގެ އިތުރުން އިންޑިއާ ސަރުކާރުންވެސް ވަނީ އެމްއާރްއައި މެޝިނެއް ހަދިޔާކުރުމަށް ނިންމާފައެވެ.

އައިޖީއެމް ހޮސްޕިޓަލުގެ އިތުރުން ރާއްޖޭގައި އެމްއާރްއައި ގެ ޚިދުމަތް ދެމުން އަންނަނީ 25 އަހަރަށް ވުރެ ގިނަ ދުވަހު ސިއްޙީ ޚިދުމަތް ފޯރުކޮއްދެމުން އަންނަ  އޭޑީކޭ ހޮސްޕިޓަލުންނެވެ. އެހޮސްޕިޓަލުގައި މި ޚިދުމަތް ދެމުންދާތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އެހޮސްޕިޓަލުންވެސް ވަނީ މިއަހަރުގެ ތެރޭގައި އެންމެފަހުގެ އެމްއާރްއައި މެޝިނެއް ބަހައްޓައި ހިދުމަތް ދޭން ފަށާފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *