ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުމެއްގެ ތެރެއިން. ފޮޓޯ: އެފްއޭއެމް
ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުމެއްގެ ތެރެއިން. ފޮޓޯ: އެފްއޭއެމް

ހޮންގކޮންގ އާދެކޮޅަށް މާދަމާ ކުޅޭނީ އެޓޭކިންގ ގޭމެއް: ޤައުމީ ކޯޗު

ވަރލްޑްކަޕް ކޮލިފައިންގ ގައި މާދަމާ ހޮންގކޮންގ އާދެކޮޅަށް ކުޅޭނީ އެޓޭކިންގ ގޭމެއް ކަމަށް ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ރިކޫ ހާބަޓް ބުނެފިއެވެ.

ޕްރީ މެޗް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ކޯޗު ބުނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެ، އެޓޭކިންގ ފުޓްބޯޅަ ކުޅެން ދިވެހި ކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި ބައިކޮޅަށް ގިނަ ގޯލްތަކެއް ވަނަސް އެއީ މައްސަލައެއް ނޫން ކަމަށާއި އޭގެ ފައިދާ ފަހުން ކުރާނެ ކަމަށެވެ.

ހޮންގކޮންގ ޓީމަށް އިޝާރާތްކޮށް ޤައުމީ ކޯޗު ހާބަޓު ބުނީ އެ ޓީމުގައި (ހޮންގކޮންގ ޓީމުގައި) ބިދޭސީ ވަރަށް ގިނަ ކުޅުންތެރިން ހިމަނައިފައިވާ ކަމަށާއި އެއީ ދިވެހި ޓީމަށް އޮތް ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ.

ވަރލްޑްކަޕް ކޮލިފައިންގ ގައި ރާއްޖެއިން 5 މެޗު މިހާތަނަށް ކުޅެފައިވާ އިރު، ރާއްޖެ މޮޅުވެފައި ވަނީ ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ.

ރާއްޖެ ހިމެނޭ ގްރޫޕް ސީގެ 1ވަނައިގާ 15 ޕޮއިންޓާއެކު އޮތީ ޤަތަރެވެ. ދެވަނައިގާ 10 ޕޮއިންޓާއެކު ހޮންގކޮންގ އޮތް އިރު، 7 ޕޮއިންޓާއެކު ތިނަވަނައިގާ އޮތީ ޗައިނާއެވެ. ތިން ޕޮއިންޓާއެކު ރާއްޖެ 4 ވަނައިގާ އޮތް އިރު، އެންމެ ޕޮއިންޓެއްވެސް ނުލިބި ތާވަލުގެ އެންމެ ފަހަތިގައި އޮތީ ބޫޓާން އެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *