އެމްއެންޑީއެފްގެ ފަރާތުން މިއުޒިކަލް ޑްރިލް ޑިސްޕްލޭ އެއް ބާއްވައިފި

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން މިއުޒިކަލް ޑްރިލް ޑިސްޕްލޭއެއް ބާއްވައިފިއެވެ.

މި މިއުޒިކަލް ޑްރިލް ޑިސްޕްލޭ ބާއްވާފައި ވަނީ ޝަހީދުންގެ ބިނާ ކުރިމަތީގައެވެ.  އެމްއެންޑީއެފުން ބުނީ މިއުޒިކަލް ޑްރިލް ޑިސްޕްލޭ އަކީ އަސްކަރީ ސިފަވަންތަކަމާއި ސަފުތަކުގެ ބަދަހިކަމާއި އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މަތިވެރި ރޫޙު ވަރަށް ފުރިހަމައަށް ދައްކުވައިދޭ ހެވިކަމެއް ކަމަށެވެ. އަދި މެހިތަރުގެ އެއްވެސް ކޮމާންޑެއް ނެތި ވަކި ސީކުއެންސަކަށް ސިފައިން އެއްބައެއްގެ ގޮތުގައި ހެވިކަމުގެ އެކިއެކި ހަރަކާތްތައް ދައްކުވައިދޭ މަންޒަރުތައް ހިމެނޭ ކަމަށާއި މިއަދު ބޭއްވި ހެވިކަމުގެ ހަރަކާތްތައް ބެލުމަށްޓަކައި ޝަހީދުންގެ ބިނާ ސަރަހައްދަށް، އާންމުންގެ ގިނަ ފަރާތްތަކާއި ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ޖަމާވެ ވަރަށް ހޫނު ތަރުޙީބެއް ދެއްވާފައި ވާކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

1942

ޖުމްހޫރީ ދުވަހާއި ގުޅިގެން އެމްއެންޑީއެފުން މި މިއުޒިކަލް ޑްރިލް ޑިސްޕްލޭ ބާއްވާފައި ވަނީ މިއަދު ހަވީރު 16:30 އާއި 17:15 ގައެވެ. މީގެ އިތުރުން މިރޭ 20:30 ގައި ވެސް ޝަހީދުންގެ ބިނާ ކުރިމަތީގައި މިޑްރިލް ޑިސްޕްލޭ ދައްކާލުން އޮންނާނެ ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *