ރ ކިނޮޅަހު ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި ބައި ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ ކިނޮޅަހު ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި ވައްކަންކޮށްފައިވަނީ ރޭ މެންދަމުން އަލިވެ 03:10 ހާއިރު އެތަނުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ވަދެ ކަމަށެވެ. ފުލުހުން ހާމަކުރާ ގޮތުގައި އެ ތިޖޫރި ފަޅާލައި ވަގަށް ނަގާފައިވަނީ 78000 ރުފިޔާ އެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައިގާ އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް މައްސަލައިގެ ތަހުގީގު ފަށާފައި ވާކަމަށެވެ.