މުންނާރު
މުންނާރު

މާދަމާ މުންނާރު ސާފުކުރަން ފަށާނަން: ހެރިޓޭޖް

މާލޭގެ ހުކުރު މިސްކިތުގެ މުންނާރު ދޮވުމާއި ސާފުކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ބުނެފި އެވެ.

އެ ޑިޕާޓްމަންޓުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ މަސައްކަތް ކުރަނީ ހެޔޮއެދޭ އަމިއްލަ ފަރާތަކާ ގުޅިގެންނެވެ.  އެޑިޕާޓްމަންޓުން ބުނީ މިއަހަރު މުންނާރު ދޮވެ ސާފު ކުރުން ލަސްވީ ވިއްސާރަ ވުމުގެ އިތުރުން މަސައްކަތަށް އެކަށީގެންވާ މީހުން ކުރިމަތި ނުލުމުންނެވެ.

ހެރިޓޭޖުން ބުނީ މާދަމާ ފަށާނީ މުންނާރު ދޮވެ ސާފު ކުރުމުގެ މަސައްކަތް ކަމަށާއި މުންނާރުގައުގައި އުވަ ލުމުގެ ކުރިން ރަނގަޅަށް ބޭރު ފާރުތައް ހިކެންޖެހޭ ކަމަށެވެ. އަދި އުވައަކީ ހިކެން ދެދުވަސްވަރު ނަގާ އެއްޗެއް ކަމުން އެ މަސައްޖަތް ކުރެވޭނީ ވިއްސާރައަލިވުމުން ކަމަށެވެ.

އިތުރަށް އެބަޔާނުގައި ބުނެފައިވަނީ މާލޭ ހުކުރު މިސްކިތަކީ މި ޑިޕާޓްމަންޓުން މިހާރު ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށްވާ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުވުމުގެ މަޝްރޫއުގައި ހިމެނޭ މިސްކިތެއްގެ އިތުރުން ދުނިޔޭގެ ވަގުތީ ތަރިކައިގެ ލިސްޓުގައި ހިމެނިފައިވާ މިސްކިތެއް ކަމަށެވެ. އެހެންކަމުން މިސްކިތުގެ އެއްވެސް މަރާމާތެއް ކުރިޔަށް ގެންދެވޭނީ ޔުނެސްކޯގެ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ.

މިހާރު މުންނާރުގައި ފެހި ޖަހާ ވަރަށް ބޮޑަށް ބާވެފައިވާއިރު އެންމެ ފަހުން މުންނާރުގެ އާބާތުރަ ފިލުވީ މިދިޔަ އަހަރުގެ އޯގަސްޓް މަހު އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *