ސަންގު ޓީވީއަށް ވަނީ ”އިންޒާރު ވީޑިއޯ“ އަޕްލޯޑްކުރީ އެ ސްޓޭޝަންގެ ސިސްޓަމަކުންކަން ކަށަވަރުވުމުން: ޕޮލިސް

ކޯޓު އަމުރެއްގެ ދަށުން ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ސަންގު ޓީވީ ބަލައި ފާސްކުރީ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިންނަށް އިންޒާރުދިން ވީޑިއޯ އަޕްލޯޑް ކޮށްފައިވަނީ ސަންގު ޓީވީގެ ސިސްޓަމަކުންކަށް ކަށަވަރުވުމުން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ ވީޑިއޯ އަޕްލޯޑްކުރީ ސަންގު ޓީވީގެ ސިސްޓަމަކުން ކަން ކަށަވަރުވުމުން އެ ސްޓޭޝަނަށް ވަނީ ފުލުހުންގެ ތަހުގީގަށް ބޭނުންވާ އިތުރު ހެކި ހޯދުމަށް ކަމަށެވެ.

ނަވާޒް އިތުރަށް ވިދާޅުވީ ކޯޓު އަމުރުގެ ދަށުން އެ މަސައްކަތް ކޮށްފައިވާއިރު އޭގެ ފަހަތުގައި އެއްވެސް ވަރަކަށް މީޑިއާގެ މަސްއޫލިއްޔަތަށް ހުރަސް އެޅުމަށް ފުލުހުން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ފުލުހުންގެ ވާޖިބު އަދާކުރަމުން ދާ ވަގުތެއްގައި އެ މަސައްކަތަށް މީޑިއާއިން އަދި އެހެން ފަރާތަކުން ނަމަވެސް ހުރަސް އަޅާކަމުގައި ވާނަމަ ފުލުހުން ފިޔަވަޅު އަޅާނެ ކަމަށް ނަވާޒު ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *