ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ބަޔަކު އަތުލައިގަތަތުމަށް ހިންގި އޮޕަރޭޝަނެއް - ޕޮލިސް ފޮޓޯ
ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ބަޔަކު އަތުލައިގަތަތުމަށް ހިންގި އޮޕަރޭޝަނެއް - ޕޮލިސް ފޮޓޯ

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހަކާއި ސިފައިންގެ ދެމީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ފުލުހަކާއި ސިފައިންގެ ދެމީހަކު ހައްޔަރު ކޮށްފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ މިއަދު މެންދުރު ހިންގި ތަފާތު ދެ އޮޕަރޭޝަނެއްގައި އަވިސްތާ ކެފޭ ކައިރިން މަސްތުވާތަކެއްޗަށް ތުހުމަތުކުރެވޭ ތަކެއްޗާއިއެކު ހަތަރު މީހަކު ހައްޔަރު ކުރި ކަމަށެވެ.

މި ހަތަރު މީހުންނާއި ގުޅުން ހުރި ކަމަށް ބެލެވިގެން ގަލޮޅު ސިނަމާލެ 1203 ބަލައި ފާސްކުރި ކުރުމުން މަސްތުވާތަކެތި ބަންދުކޮށް، މަސްތުވާތަކެތި ވިއްކުމަށް ގެންގުޅޭ އާލަތްތަކެއް ފެނިފައިވާ ކަމަށާއި މިގެއިން ފުލުހަކާއި އެމްއެންޑީއެފްގައި މަސައްކަތް ކުރާ ދެ ސިފައިންގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ ދެން ހައްޔަރު މި މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށާއި މި އޮޕަރޭޝަންގައި 18 ބުލެޓު ސައިޒްގެ ހެރޮއިންއަށް ސަސްޕެކްޓް ކުރެވޭ ރަބަރު ޕެކެޓު ފެނިފައި ވާކަމަށެވެ، އަދި މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ތައްޔާރުކޮށް، އެތަކެތި ބަންދުކުރަން ބޭނުންކުރާ އާލާތްތަކެއް ވަނީ ފެނިފައިވާކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

ޝިފާން އިތުރަށް ވިދާޅުވީ ހައްޔަރުކުރި ސިފައިންގެ ދެމީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 28 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއް ކަމަށާއި ފުލުހުންގެ މީހާއަކީ 28 އަހަރުގެ މީހެއް ކަމަށެވެ. އަދި މި މައްސަލަ ދިރާސާކޮށް ތަހުގީގުކުރުމުގެ އިތުރު މަރުހަލާތަކެއް ކުރިއަށްދާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހުން މައުލޫމާތު ހާމަކުރެވެން ނެތް ކަމަށްވެސް ޝިފާން ވިދާޅުވި އެވެ.

)

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *