ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު --
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު --

ވީޕީގެ އިތުބާރު ނެތްކަމުގެ ވޯޓުގައި އެމްޑީޕީ އިން ބައިވެރިނުވާން ނިންމައިފި

ނައިބު ރައީސް އަހުމަދު އަދީބުގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި އެމްޑީޕީން ބައިވެރިނުވާން މިއަދު ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ އެ ޕާޓީގެ ޤައުމީ ހިންގާ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައެވެ. އެހެން ނަމަވެސް އެ ޕާޓީން ބުނީ އެކަމުގެ ތަފްޞީލު  ޕީޖީ ލީޑަރު އިބްރާހިމް މުޙައްމަދު ޞާލިހު (އިބޫ) މިރޭ ދެއްވާނެ ކަމަށެވެ.

ނައިބު ރައީސް އަހުމަދު އަދީބު މަޤާމުން ވަކިކުރުމަށް 57 ވޯޓު ބޭނުންވާ އިރު، ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ 52 މީހުންގެ ސޮޔާއެކު ޕީޕީއެމުން މަޖިލީހަށް ވައްދާފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ ޕީޕީއެމްގެ މަޖިލީހުގެ މެމްބަރުންނާއި އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީގެ މެމްބަރުންނެވެ. މި 52 މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ އެއްވެސް މެމްބަރަކު ހިމެނިވަޑައެއްނުގަންނަވަ އެވެ.

މި މައްސަލައިގައި ޖަވާބުދާރީވެވަޑައިގަތުމަށްޓަކައި ނައިބު ރައީސަށް ދެއްވާފައިވާ 14 ދުވަހުގެ މުއްދަތު، ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން މިހާރުވަނީ 7 ދުވަހަށް ކުރުވެފައެވެ.  އެހެންކަމުން މިދިޔަ ހަފުތާގައި އެމަނިކުފާނަށް ދިން މުއްދަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *