އޮންލައިންކޮށް ރައްޓެހިވި ކުއްޖާ މަރާލުމަށް އިނގެރޭސިވިލާތަށް ދަތުރުކޮށްފި

އޮންލައިންކޮށް ރައްޓެހިވެގެން އުޅުނު ކުރީގެ ލޯބިވެރިޔާ މަރާލުމަށް ޝޭން ކޮފޭ ކިޔާ މީހަކު އެމެރިކާއިން އިނގެރޭސިވިލާތައް ދަތުރު ކޮށްފިއެވެ.

ފަރްހާ ދައުލޫތު ކިޔާ މި އަންހެން ކުއްޖާގެ ގެއަށްވަދެ ޝޭން އޭނާއަށް ހަމަލާ ދީފައިވަނީ 32000 މޭލުގެ ދިގު ދަތުރެއް ކުރުމަށްފަހުއެވެ. ޝޭން މިގޮތަށް ކަންތައް ކޮށްފައިވަނީ އެދެމީހުން ވަކިވާން ޖެހުމަށްފަހު ދިމާވި ކަންތައްތަކާމެދު ހިތްހަމަ ނުޖެހިގެންނެވެ.

ޝޭން އާއި ފަރްހާ އޮންލައިންކޮށް ބައްދަުވީ ފަރްހާގެ އުމުރުން 13 އަހަރުގަ އެވެ. އެ ދެމީހުން ބައްދަލުވީ ’ރޫންސްކޭޕް‘ ކިޔާ އޮންލައިން ގޭމު ސައިޓަކުންނެވެ. އެއަށްފަހު އެކްސްބޮކްސް އަދި ސްކައިޕުން ވެސް ބައްދަލުކޮށް ދެމީހުންގެ ގުޅުންވަނީ ބަދަހި ކޮށްފައެވެ.

ގިނަދުވަސް ތަކެއްގެ އޮންލައިން ގުޅުމަކަށްފަހު ދެމީހުން ވަކިވާން ޖެހުނީ ފަރްހާގެ މުސްލިމް އާއިލާއަށް މިކަން އެނގި މިކަމާ ދެކޮޅު ހެދުމުންނެވެ.

ވަކިވުމަށްފަހު އެކަމާ ހިތާމަކުރި ޝޭން ވަނީ ކޮމްޕިއުޓަރު ވައިރަހެއް  ބޭނުން ކޮށްގެން ފަރްހާގެ ހުރިހާ އޮންލައިން އެކައުންޓް ތަކެއް ހެކް ކޮށްފައެވެ. އަދި ފަރްހާގެ އޮންލައިން ހަރަކާތްތައް ބެލުމަށްފަހު ޝޭން ހިތްހަމަ ނުޖެހިފައިވަނީ ފަރްހާ އެހެން ފިރިހެނުންނާ ދައްކާފައި ހުރި ވާހަކަތައް ފެނުމުންނެވެ.

ފަރްހާ މަރާލުމަށް ޝޭން ދަތުރު ކުރިއިރު އޭނާ ހުރީ އެކަމަށް ވަރަށް ތައްޔާރުވެސް ވެގެންނެވެ. އޭނާ ވަނީ މީހަކު މަރާލުމަށް ބޭނުންކުރެވޭނެ ވަޅިއާއި ޓޭޕު އަދި އަންގި ފަދަތަކެތި ހޯދާފައެވެ. މީގެ އަތުރުން އޮންލައިންކޮށް އެކި އުކުޅުތައް ދަސްކުރުމަށްފަހު އިނގެރޭސިވިލާތައް ގޮސް ހުންނާނެ ތަންތަންވެސް ވަނީ ހަމަޖައްސާފައެވެ.

ފަރްހާގެ ގެއަށް ވަނުމަށްފަހު އޭނާއަށް ހަމަލާ ދިންނަމަވެސް ޝޭންއަށް އޭނާގެ މަގްސަދު ކާމިޔާބުވެފައެއް ނުވެ އެވެ.  އެއީ ފަރްހާގެ ބޭބެ މުހައްމަދަށް އޭނާ ހަޅޭލަވާ އަޑު އިވިގެން އައިސް ސަލާމަތް ކޮށްދިނުމުންނެވެ. މުހައްމަދު ވަނީ ޝޭން ހިފެހެއްޓުމަށްފަހު ފުލުހުންނާ ހަވާލުކޮށްފައެވެ.

އުމުރުން 23 އަހަރުގެ ޝޭން ކުރި މިކުށުގެ ސަބަބުން އޭނާ ވަނީ 8 އަހަރާއި 6 މަސް ދުވަހަށް ޖަލަށް ހުކުމް ކޮށްފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *