ނަޞްރު ދުވަހުގެ މުނާސަބަތުގައި ޝަރަފުގެ ހިނގާލުމެއް މާދަމާ އޮންނާނެ: އެމްއެންޑީއެފް

މިއަހަރު ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފްއިން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރޭގައި މާލޭގައި ޝަރަފުގެ ހިނގާލުމެއް ބޭއްވުމަށް ހަމަޖެހިފައި ވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ މިއަހަރުގެ ނަޞްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޝަރަފުގެ ހިނގާލުން އޮންނާނީ މާދަމާ ހަވީރު 16:15 ގައި ކަމަށެވެ. މިހިނގާލުން ކުރިއަށްދާނީ ކަޅުތުއްކަލާކޮށީ އުތުރު ގޭޓުން ނުކުމެގެން ހަނދުވަރީ ހިނގުމުން އުތުރަށް ގޮސް އަމީނީމަގުން އިރަށް، އަދި ބޮޑުތަކުރުފާނު  މަގުން ހުޅަނގަށް ކަމަށާއި އަދި ބޮޑުތަކުރުފާނު މަގުން، ދަރުބާރުގެ ކައިރީގައި މަޑުކޮށް ސިފައިންގެ ބޭންޑުގައި ރާގު ކުޅުމަށް ވަނީ ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި މިހިނގާލުން ނިންމާލާނީ ބޮޑުތަކުރުފާނު މަގުން ހުޅަނގަށް، ކަޅުތުއްކަލާކޮށީ ދެކުނު ގޭޓަށް ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

Rout Nov 2015 _ news

”ނަޞްރުގެ ދުވަހާއި ގުޅިގެން އެމްއެންޑީއެފްގެ ހުރިހާ އޭރިއާތަކެއްގައި ޖަމާޢަތުގެ ފަތިސް ނަމާދު ކުރުމަށްފަހު ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފައިވޭ، މީގެ އިތުރުން މާލޭގައި ނޮވެންބަރު ތިންވަނަ ދުވަހުގެ ހެނދުނު 06:30 ގައި ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާގައި ދިދަ އަދި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވެސް ހަމަޖެހިފައިވޭ“ އެމްއެންޑީއެފުން ބުނެ އެވެ.

ނަޞްރުގެ ދުވަހާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އާއި އެމްއެންޑީއެފް ނޮދަން އޭރިއާގެ އިތުރުން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން، ”ވިކްޓްރީ ރަން“ ނަމުގައި އޭރިއާތަކުގައި ހެނދުނު 08:00 ގައި ދުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

އަދި ނޮވެމްބަރު ތިންވަނަ ދުވަހު އެމްއެންޑީއެފް ނޮދަން އޭރިއާގެ ކުޅުދުއްފުށީގައި ސައިލެންޓް ޑްރިލްއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި އަދި ނަޞްރުގެ ދުވަހާއި ގުޅުވައިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ހިތަދޫ ބަނދަރު ސަރަހައްދުގައި އާންމުކޮށް ހުޅުވާލައިގެން  ”އޯޕަން ޑޭ“ ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ނޮވެމްބަރު 3 ވަނަ ދުވަހު 16:00 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ. އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި މި ހަވީރުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ އާންމުކޮށް ދައްކާލުމާއި ސިފައިންގެ ބައެއް ޔުނީފޯމާއިއެކު ފޮޓޯ ނެގުމުގެ ފުރުޞަތު ހުޅުވާލުމުގެ އިތުރުން ސިފައިން ބޭނުންކުރާ ބައެއް ވެހިކަލްތައް ދައްކާލުން އޮންނާނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *