ކޯޓު އަމުރު ތަންފީޒްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ޝަރީޢަތަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ނުކުރެވިފައިވާ 07 މީހަކު ކޯޓަށް ހާޒިރުކޮށްދިނުން އެދި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރުތަކަކާ ގުޅިގެން އެމީހުން ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
ފުލުހުން ބުނީ މި އަމުރުތަކަކާ ގުޅިގެން ހޯދަމުން ދަނީ ސ.ހިތަދޫ، ލެގޫން ޢަބްދުﷲ ޖަމީލް (39އ) އާއި ރ.ކަނދޮޅުދޫ، ޒަމާނީއުފާ މުޙައްމަދު އިބްރާހީމް (26އ) އާއި ޏ.ފުވައްމުލައް ދޫޑިގަން، ރީކޯ މޫސާ ރަމީޒު (34އ) އާއި ޏ.ފުވައްމުލައް ހޯދަޑު، ހުވަދުމާފީނި އިބްރާހީމް ނާޝިދު (31އ) އާއި ކ.މާލެ، މ.ވެލިދޫގެ މުޒައްފަރު މުބީން މުޙައްމަދު ނަޢީމް (34އ) އާއި ނ.ހޮޅުދޫ، އަފުސަންތީނު މުޙައްމަދު ޒިޔާދު (33އ) ގެ އިތުރުން ށ.ފުނަދޫ، ބަނަފްސާގެ އިބްރާހީމް ޙަސަން (30އ) ކަމަށެވެ.
މި 07 މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.