އިންޑިއާގެ ވިޔަފާރިވެރިއަކު އޭނާގެ މުވައްޒަފުންނަށް 500 ކާރާއި 200 ފްލެޓް ހަދިޔާކޮށްފި

އިންޑިއާގައި އަންނަ ބުރާސްފަތި ދުވަހު ދިވާލީ ފާހަގަކުރުމަށް ތައްޔާރުވަމުން  އަންނައިރު ދިވާލީ ބޯނަސްގެ ގޮތުގައި އިންޑިއާގެ ވިޔަފާރިވެރިއަކު އޭނާގެ މުވައްޒަފުންނަށް 500 ކާރާއި 200 ފްލެޓް ހަދިޔާކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ މުވައްޒަފުންނަށް ސަޕްރައިޒެއްގެ ގޮތުގައި އެ ހަދިޔާތައް ދީފައިވަނީ އިންޑިއާގައި އަލިމަސް ވިއްކާ ކުންފުންނަކުންނެވެ.

އެ ކުންފުނިން ވަނީ އެ ކުންފުނީގެ 1200 މުވައްޒަފުންގެ ތެރެއިން 500 ފަރާތަކަށް ކާރު، 200 ފަރާތަކަށް ފްލެޓް އަދި ބާކީ ތިބި މުވައްޒަފުންނަށް އަގުބޮޑު ގަހަނާއާއި ރަން ހަދިޔާކޮށްފަ އެވެ.

އެ ކުންފުނީގެ މުވައްޒަފަކު ބުނެފައިވަނީ ކާރާއި ފްލެޓް ލިބުނީ ކުންފުނިން ކަނޑައެޅި ވަކި ޓާގެޓަކަށް ސޭލްސްކުރި ފަރާތްތަކަށް ކަމަށާއި ބާކީ ފަރާތްތަކަށް ކުންފުނީގެ ފަރާތުން ދިނީ ގަހަނާއާއި ރަން ކަމަށެވެ. މުވައްޒަފުންނަށް އަގުބޮޑު ހަދިޔާތައް ދީފައިވަނީ ގުޖްރާތުގެ ވިޔަފާރިވެރިއެކެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *