ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް ސިފައިން އިލްތިމާސް ކޮށްފި

މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި މޫސުމާއި ބެހޭ އިދާރާއިން މޫސުމަށް ސަމާލުކަންދެއްވުމަށް އަންގާފައި ވުމާއިއެކު، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ސިފައިން އިލްތިމާސް ކޮށްފި އެވެ.

މިގޮތުން ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމާއި ބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރަށް ރޭވުމާއި އަދި  ރޭގަނޑު ދަތުރު ކުރައްވާއިރު ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ސިފައިން އިލްތިމާސް ކުރެ އެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެބޮޑަށް ބަރުނުކުރެއްވުމާއި، ދަތުރު ކުރައްވާ ފަސިންޖަރުންނަށް ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓެވުމާއި ހުރިހާ އުޅަނދެއްގައިވެސް ދިޔަހިއްކާނެ ޕަންޕު ފަދަ ނިޒާމެއް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމުގެ އިތުރުން ކޮމިއުނިކޭޝަން ސެޓްތައް ރަނގަޅުތޯ ޗެކްކުރުމަށްވެސް ސިފައިން އިލްތިމާސް ކުރެ އެވެ.

ސިފައން އިތުރަށް ބުނީ މިނޫނަސް ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުމާއެކު ދަތުރުތައް ރޭއްވެވުމަށާއި ދަތުރު ކުރަމުންދާއިރު، އެއްވެސް ކަމެއްދިމާވެއްޖެނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސް ކުރާ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *