ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުއަކީ ޔަހޫދީ ދަރިކޮޅުން އައިސްހުރި ޗައިނާ ދަރިކޮޅުގެ ބޭފުޅެއް ކަމަށް ތިމަރުފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ (ތިމަރަފުށީ މުސްތަފާ) ވިދާޅުވެއްޖެ އެވެ.
މެމްބަރު މުސްތަފާ މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. ގައުމުގެ ހަލާކަކީ މަޖިލިސް ރައީސް ކަމަށްވެސް މުސްތަފާގެ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.
Mi haaruge Majilis Raess akee Yahoodhee Dharifaskolhun aishuri china dharikolhuge beyfulheh. Majilis Raees Gaumuge Halaaku!
— Mohamed Musthafa (@Thimarafushi) October 21, 2015
ޓްވިޓާގައި މަޖިލިސް ރައީސްގެ ނަމުގައި ހަދާފައިވާ ފޭކް އައިޑީއެއް ޓެގްކޮށް މުސްތަފާ ކުރައްވާފައިވާ އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ”ތީ ފޭކް މަޖިލިސް ރައީސް ކަމުގައި ވިއްޔާ، އެއީ މަސީހުއްދައްޖާލު ކަމަށެވެ. އަދި މިހާރުގެ މަޖިލިސް ރައީސް އަކީ ސީދާ ޔަހޫދީ ދަރިފަސްކޮޅުގެ ބޭފުޅެއް ކަމަށް މުސްތަފާ ތަކުރާރުކޮށް ވިދާޅުވެފައި ވެ އެވެ.
Thee Fake @MajlisRaees kamuga viyaa A ee Masheehuh Dhahjaalu. Mi haaruge Majilis Raees Seedhaa Yahoodhee dharifaskolhuge beyfulheh.
— Mohamed Musthafa (@Thimarafushi) October 21, 2015
މިފަދަ މޭރުމަކުން މަޖިލިސް ރައީސަށް ރައްދުކޮށް މެމްބަރު މުސްތަފާ ޓްވީޓްތަކެއް ކުރައްވާފައިވާއިރު މި ޓްވީތައް ކުރައްވާފައިވަނީ ކޮން ކަމަކާ ގުޅިގެންކަން ސާފުވާ ގޮތެއް ނުވި އެވެ.
5 Responses
ތިމަރަފުށީ މުސްތަފާ އަކީ ލޫތުބާގައިގެ ދަރިކޮޅުން އައިސް ހުރި އަބޫޖަހުލެއް
އަނގައެއް އޮތިއްޔާ ކާޅެއް ނުކާނޭ ބުނޭނުން. އެގޮތުން ތަނެއްގަ ހުރި ގަމާރަކުވެސް އަނގަފުޅާކޮށް ތިމާވަރު މީހަކު ނެތްކަމަށް ދެއްކެން ތިއުޅެނީ. ދަރަނިބޯ އަކީ މާފިޔާ ލީޑަރެއް
މުސްތަފާއަކީ ތިމަރަފުއްޓާއި މުޅިގައުމު ބަނޑުއަޅަން އުޅޭ ވަގެއް
ރިލޯޑް މުސްތަފާ .. ކޮންމެވެސް ކޮޅަކުން އެތިކޮޅެއް ބޭނުންވީތަ؟؟!! ދަރަނި ބޯ ލަދެއް ނުގަނޭ ދޯ އަބުރުވެރި މީހުންގެ ކަރާމާތަށް އަރައިގަންނަން
މީ އޫރު ޝަހަރުން އައިސް ހުރި ލިވާޠުގެ އެދުރެއް. މުޅި ތިމަރަފުށީގެ ހަލާކު. މިހާރު އެ އުޅެނީ ޕީޕީއެމުން ކެވޭނެ ިތުރު އެއްޗެއް ނެތްކަމަށް ވިސްނިގެން އެމްޑީޕީއަށް ދެމިގަންނަންވެގެން. ޖަހާ އުކުޅު. ބަލަ! މަސީޙު ވަރުގެ ޤާބިލު، ޢިލްމީ، އަދި ނަޒާހާތެރި އެކަކުވެސް ތިޔަ މަޖިލީހުގައި ނެތްކަމަށް ތިކަހަލަ މަރުމޯލަކުނޫން އެންމެން އެއްބަސްވާނެ.