ބަނޑޭރިކޮށީގެ އިރުމަތީ ފަރާތުގައި ހުންނަ BK-O/218 ކައިރީގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ: ދުވަސް
ބަނޑޭރިކޮށީގެ އިރުމަތީ ފަރާތުގައި ހުންނަ BK-O/218 ކައިރީގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ: ދުވަސް

ބަނޑޭރިކޮށީގައި ގަވާއިދާ ހިލާފަށް އުޅޭ ބަޔަކު ނެރުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ފަށައިފި

ސިފައިންގެ އާއިލާތަކަށް ބަނޑޭރިކޮށިން ދިރިއުޅެން ދޫކޮށްފައިވާ އެޕާޓްމަންޓް ތަކުގެ ތެރެއިން އެޕާޓްމެންޓެއްގައި ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބަޔަކު އެތަނުން ނެރުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ކުރަމުން އެބަގެންދެއެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުސްކުރަމުންދަނީ ބަނޑޭރި ކޮށީގެ އިރުމަތީ ފަރާތުގައި ހުންނަ BK-O/218  އިން ކަމަށެވެ. އެބަޔަކީ ސިފައިންގެ ޚިދުމަތުން ރިޓަޔާކޮށްފައިވާ ބޭފުޅަކަށް އެބޭފުޅާއާއި އެބޭފުޅާގެ އާއިލާ ދިރިއުޅުމަށް ދޫކޮށްފައިވާ ތަނެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެތަނަކީ ރިޓަޔާ ކޮށްފައިވާ ބޭފުޅަކަށް ކުރިން ދޫކޮށްފައިވާތަނެއް ކަމުން އޮންނަ އުސޫލުގެ މަތިން އެތަން ހުސްކުރުމަށް އެތަށް ފަހަރަކު އެ ފަރާތަށް އެންގި ކަމަށްވެއެވެ. އަދި މިހާރު އެތަން ހުރީ ގަވާއިދާ ހިލާފަށް ބަޔަކަށް ކުއްޔަށް ދީފައިވާކަމަށްވެސް މައުލުމާތު ލިބެއެވެ.

ސިފައިންނަށް ބަނޑޭރިކޮށި  ދޫކުރުމުގެ އުސޫލުތަކުގައި އޮންނަ ގޮތުން އެތަންދޫކޮށްފައިވާ ބޭފުޅަކު ސިފައިންގެ ޚިދުމަތުން ވަކިވެއްޖެނަމަ އެތަން އަނބުރާ އެމްއެންޑީއެފާއި ހަވާލުކުރަންޖެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *