ގަޑިއާއި ޓައި ކާލާނެ ކަމަށް ކެމްޕޭނު ތެރޭގައި ވީ ވައުދު ފުއްދާނެބާ!

ބޮލީވިއާގައި ކުރިއަށްދިޔަ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފައިވާއިރު 60 އިންސައްތައަށްވުރެ މަތިން އީވޯ މޮރާލޭސް ވަނީ އިންތިހާބު ކާމިޔާބު ކޮށްފައެވެ. އިންތިހާބު ނަތީޖާއާމެދު އާންމުން މާ ބޮޑު ސުވާލެއް ނުއުފައްދައެވެ. މިހާރު އާންމުން އުފައްދާ ސުވާލަކީ އިންތިހާބުގައި ބަލިވި އިދިކޮޅު ކެނޑިޑޭޓް ޤުއިރޯގެ ކެމްޕޭނުގައި މޮރާލޭސްއަށް 60 އިންސައްތަ ވޯޓު ލިބިއްޖެނަމަ ގަޑިއާއި ޓައި ކާލާނެ ކަމަށްބުނެ ކުރި ވައުދު ފުއްދާނެ ކަމާމެދު އުފައްދާ ސުވާލެވެ.

ޖޯޖް ޓޫޓޯ ޤުއިރޯ އިންތިހާބަށް ކެމްޕޭން ކުރިއިރު ނޫސްވެރިއަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މޮރާލޭސް 60 އިންސައްތައަށްވުރެ މަތިން އިންތިހާބު ކާމިޔާބު ކޮށްފިނަމަ ޤުއިރޯގެ އަތުގައި އޮތް އަތުކުރީ ގަޑި އާއި ޓައި ކާލާނެ ކަމަށެވެ.

ނަތީޖާ އިއުލާނުކުރަން ފެށުމުން ޤުއިރޯގެ އިންޓަވިއުނެގި ނޫސްވެރިޔާވަނީ އެކަން ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. ނޫސްވެރިޔާ ފޭސްބުކާއި ޓްވިޓާގައި ބުނެފައިވަނީ ޤުއިރޯ އޭނާއަށް ދިން އިންޓަވިއުގައި ގަޑިއާއި ޓައި ކާލާނެކަމަށް ބުނި ކަމަށެވެ. އަދި އެ ވައުދު ފުއްދާނަންތޯ ނޫސްވެރިޔާ ވަނީ ސުވާލު އުފައްދާފައެވެ.

އެ ވައުދު ވި ކަމަށް ޤުއިރޯ ވެސް ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް ޤުއިރޯ ބުނީ އެ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރާ ކަމަށެވެ. އަދި ގަޑިއާއި ޓައި ކާލާނެ ކަމާމެދު ސުވާލު އުފެއްދުމަށްވުރެ ރަނގަޅުވާނީ އިންތިހާބުގެ ސައްހަ ކަމާމެދު ސުވާލު އުފެއްދުން ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *