ޓޫރިޒަމް މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމާ ހަވާލުކުރައްވައިފި އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް ޔާމީން މިގޮތަށް ނިންމެވީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. އަދި މި ނިންމެވުން މިގޮތަށް ނިންމެވީ އެ މިނިސްޓްރީ ހިންގެވމާއި ހަވާލުވެ ހުންނެވި ނައިބު ރައީސް އަހުމަދު އަދީބު، ރަސްމީ ދަތުފުޅެއްގައި ޗައިނާ އަށް ވަޑައިގަތުމުންނެވެ.
ކުރިން މިނިސްޓަރު ކަމުގައި ހުންނެވި އަހުމަދު އަދީބު ނައިބު ރައީސަށް ވެވަޑައިގަތް ދުވަހުން ފެށިގެން އެ މަގާމު އޮންނަނީ ހުސްކޮށެވެ. އަދި އެ މަގާމުގެ މަސްއޫލިއްޔަތު ތައް އަދާކުރައްވަމުން ގެންދަވަނީ ނައިބު ރައީސް އަހުމަދު އަދީބެވެ.