ރައީސް އޮފީހުގެ ކޯޑިނޭޓަރު މަގާމުން ލީޒާ އިސްތިއުފާ ދީފި

ރައީސް އޮފީހުގެ ކޯޑިނޭޓަރު މަގާމުން އައިޝަތު ލީޒާ އިސްތިއުފާ ދީފި އެވެ.

އިސްތިއުފާ ދީފައިވާކަމަށް ލީޒާގެ ޓްވިޓާ އެކައުންޓްގައި ބުނެފައި ވެ އެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ލީޒާ ބުނެފައިވަނީ މި މަހު 25 އިން ފެށިގެން ރައީސް އޮފީހުން ވަކިވުމަށް އޭނާ އެދިވަޑައިގެންފައި ވަނިކޮށް، މާދަމާ އިން ފެށިގެން އޮފީހަށް ނުނިކުމެވޭނެ ކަމަށް ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ. އެހެންކަމުން މަގާމުން އިސްތިއުފާދީފައިވާ ކަމަށް ލީޒާ ބުނެފައި ވެ އެވެ.

ރައީސް އޮފީހުން ވަކިވާން ބޭނުންވި ސަބަބެއް ކަމަށް ލީޒާ ބުނެފައިވަނީ ރާއްޖެ އިން ބޭރަށް ތިން މަހުގެ ކޯހެއް ފުރިހަމަ ކުރުމަށް ދާތީ ކަމަށެވެ.

ޓީވީއެމްގައި ނޫސްވެރިއެއްގެ ގޮތުން ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ލީޒާ ވަނީ ވެރިކަން ކުރާ ޕީޕީއެމްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވައިފަ އެވެ. ނަމަވެސް އެ އިންތިހާބު ލީޒާއަށް ކާމިޔާބު ވެފައެއް ނުވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *