ހާމިދުގެ މައްޗަށޤ ކޮށްފައިވާ ދެ ދައުވާވެސް ވަނީ އަނބުރާ ގެންގޮސްފައި -- ފޮޓޯ: ޓްވިޓާ
ހާމިދުގެ މައްޗަށޤ ކޮށްފައިވާ ދެ ދައުވާވެސް ވަނީ އަނބުރާ ގެންގޮސްފައި -- ފޮޓޯ: ޓްވިޓާ

ހާމިދުގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު، ހާމިދު އަބްދުލް ގަފޫރުގެ މައްޗަށް ދައުލަތުން އުފުލި ކުޑަކަމުދާތަކެތި ދޭން އިންކާރު ކުރުމުގެ ދައުވާ އާއި ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ދައުވާ އަނބުރާ ގެންގޮސްފި އެވެ.

ކުޑަކަމުދާ އެއްޗހި ދޭން އިންކާރުކުރުމުގެ ދައުވާގެ އަޑު އެހުމެއް މިއަދު މެންދުރުފަހު 1:00 ބާއްވަން ތަވާލުކޮށްފައިވާތީ އެ މައްސަލަ އަށް ހާމިދު ވަނީ ކޯޓަށް ވެސް ވަޑައިގެންފަ އެވެ. ނަމަވެސް އެ މައްސަލަ ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފައިވާ ކަމަށް ކޯޓުން ހާމިދަށް އެންގި އެވެ.

ކުޑަ ކަމުދާ ތަކެތި ނުދިނުމުގެ ދައުވާ ހާމިދުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ހދ. ހޮނޑައިދޫގައި މަސްތުވާތަކެތީގެ ބޭނުންކުރި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރުމުން ކުޑަކަމުދާ ތަކެތި ނުދިން މައްސަލާގައި އެވެ. އަދި ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ދައުވާ އުފުލީ ޖުލައި 21، 2012 ގެ ހަވީރުގެ ވަގުތެއްގައި އޯކިޑުމަގާއި ޗަނދަނީމަގާ ގުޅޭ ކަންމަތީގައި ފުލުހުން ޖަހާފައިވާ ބެރިކޭޑްތައް ކޮއްޕައި، ހެދި ކަމަށް ބުނެ އެވެ

މައުލޫމާތުލިބިފައިވާގޮތުގައި ފުރަތަމަ ފަހަރަށް ކުށަށް އަރައިގަންނަ ފަރާތްތަކުގެ ތެރެއިން ކުދި ކުށްތައް ކުރާ ފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރުމަށް ޕީޖީ އުސޫލެއް އެކުލަވާލުމާއި ގުޅިގެން ހާމިދުވަނީ އެފުރުސަތަށް އެދިވަޑައިގެންފައި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *