ހަށިތަކަކާއެކު ޖަންގަލިން ފްލައިޓެއް ފެނުނުކަމަށް ބުނާ ވާހަކައިގެ ތެދުދޮގު ބަލަން މަސައްކަތް ފަށައިފި

ޕިލިޕިންސްގެ ރަށެއް ކަމަށްވާ ޓަވި ޓަވިން އިންސާނުންގެ ހަށިތަކަކާއެކު މެލޭޝިޔާ ދިދަ ކުރަހާފައިވާ ފްލައިޓެއް ފެނުނު ކަމަށް ދައްކާ ވާހަކައިގެ ތެދު ދޮގު ބެލުމުގެ މަސައްކަތް އެގައުމުގެ ސިފައިން ފަށައިފި އެވެ.

ފާއިތުވި ދެދުވަހު ބައިނަލްއަގްވާމީ މީޑިއާގައި ދައުރުވެފައިވާ މި ހަބަރުގައި ބުނެފައިވަނީ ޓަވި ޓަވީގެ ޖަންގަލިން އިންސާނުންގެ ކަށިތަކަކާއެކު، މެލޭޝިއާ ދިދަ ކުރަހާފައިވާ ފްލައިޓެއް ފެނިގެން އެކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރި ކަމަށެވެ. މެލޭޝިޔާ އަދި ފިލިޕިންސްގެ ކަމާބެހޭ ފަރާތްތަކުންވެސް އެ ރިޕޯޓް ލިބިފައިވާކަން ބައިނަލްއަގްވާމީ މީޑިއާތަކަށް ކަށަވަރުކޮށްދީފައި ވެ އެވެ.

ފިލިޕިންސްގެ ނޭވީ ޓާސްކްފޯސް 61 ގެ ކޮމާންޑަރު ކެޕްޓަން ގޮވާނީ ކާލޯ ބަކޯޑޯ ބުނެފައިވަނީ އެކަން ރިޕޯޓް ކުރުމާއިއެކު އެ ސަރަހައްދު ބަލާ ފާސްކުރުމަށް ފައުޖެއް ފޮނުވާފައިވާނެ ކަމަށެވެ. އަދި އެ ސަރަހައްދުގެ ގިނަ ބަޔަކާ މިހާތަނަށް ސުވާލު ކުރެވިފައިވާއިރު މި ކަން ދެނެހުރި އެކަކާވެސް އަދި ދިމާވެފައި ނުވާކަމަށް ކާލޯ ބަކޯޑޯ ބުނެފައި ވެ އެވެ.

މިކަން ފިލިޕިންސް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އުމުރުން 46 އަހަރުގެ ޖަމީލް އޮމަރު ކިޔާ މީހެކެވެ. އޭނާ ބުނެފައިވަނީ އޭނާގެ އާއިލާ ބަޔަކާއި ރައްޓެހިންތަކެއް ދާދފަހުން ޓަވި ޓަވީގެ ޖަންގައްޔަށް ދޫނި ސިކާރަކުރން ގޮސް އުޅުމުގެ ތެރޭގައި އެމީހުންނަށް އިންސާނުންގެ ހަށިތަކަކާއިއެކު، މެލޭޝިޔާގެ ދިދަ ކުރަހާފައިވާ ފްލައިޓެއް ފެނުނު ކަމަށް އެމީހުން ބުނާ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *