އެމެރިކާގެ އަވަށެއްގެ ވަޒީފާގައި ތިބީ ކިތަށް ފުލުހުން ކަމާމެދު ސުވާލު އުފެދިއްޖެ!

އެމެރިކާގެ އަވަށެއް ކަމުގައިވާ މިޗިގަންގެ ވަޒީފާގައި ތިބީ ކިތަށް ފުލުހުން ކަމާއި އަދި އެ ފުލުހުން ކުރަނީ ކޮން މަސައްކަތެއް ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.

އެ އަވަށުގެ އާބާދީއަކީ 290 މީހުންނެވެ. ފުލުހުންގެ ވަޒީފާގައި 100 އަށްވުރެ ގިނަ މީހުން އުޅޭކަމަށްވެ އެވެ. ނަމަވެސް އެއީ އަދި ސައްހަ އަދަދު ނޫން ކަމަށާއި ސިއްރު ފުލުހުންގެ ގޮތުގައިވެސް އެތައް ބަޔަކު ތިބޭނެ ކަމަށ އެ އަވަށުގެ ޕޮލިސް ޗީފް ބުނެއެވެ.

ފުލުހުން ގިނަވެ އެކަމުގައި އޮޅުންބޮޅުން އުޅޭތީ އެ އަވަޑުގެ ވިލެޖުގެ ގަވަރުނަރު ނިންމީ ފުލުހުންގެ ހިދުމަތް ހުއްޓާލާ އަލުން އެހިދުމަތް ފެށުމަށެވެ. ސަބަބެއް ކަމަށް ގަވަރުނަރު ބުނެފައިވަނީ ހުރިހާ ފުލުހުންގެ މުސާރައާއި އިންސުއަރެންސް ކަވަރު ކުރާނެ ފައިސާ ނެތުމުން ކަމަށެވެ. ނަމަވެސް ގަވަރުނަރު އެކަން އިއުލާނުކުރިތާ ދެ ދުވަސް ފަހުން ފުލުހުންގެ ޗީފް ބުނެފައިވަނީ ހުރިހާ ފުލުހުންނަށް އިންސުއަރެންސް ކަންތައް ހަމަޖައްސަނީ ފުލުހުން އަމިއްލައަށް ކަމަށެވެ. އަދި ފުލުހުން އިދާރާ އުވައިނުލެވޭނެ ކަމަށެވެ.

ޕޮލިސް ޗީފް އެގޮތަށް އެންގުމުން ގަވަރުނަރުވަނީ ހުރިހާ ފުލުހުންގެ ނަންތަކާއި އެ ފުލުހުންގެ ރޭންކްތައް އިނގޭނެހެން ލިސްޓެއް ފޮނުވައިދިނުމަށް އެދިފައެވެ. ނަމަވެސް އެކަމާ ދެކޮޅު ހަދާ ޕޮލިސް ޗީފް ގަވަރުނަރަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ހުރިހާ ފުލުހުންގެ ނަންތައް ހާމަކޮށްފިނަމަ އެ އަވަށަށް އައިއެސްގެ ނުރައްކާ ބޮޑުވެދާނެ ކަމަށެވެ. އަދި ނަންތަކާއި ރޭންކްތައް ހާމަކުރަން އުޒުރުވެރިވާކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ އަވަށުގައި ފުލުހުންގެ ކަންތައް ބޮޑުވެގެން އެކަން ހައްލު ކުރުމަށް ގަވަރުނަރު މިހާރު ވަނީ އެކަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓަށް ހުށަހަޅާފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *