ސާކް ސްޓޭންޑިންގ ކޮމިޓީގެ މެންބަރުން -- ފޮޓޯ: ފޮރިންގ މިނިސްޓްރީ
ސާކް ސްޓޭންޑިންގ ކޮމިޓީގެ މެންބަރުން -- ފޮޓޯ: ފޮރިންގ މިނިސްޓްރީ

ސާކް ސްޓޭންޑިން ކޮމިޓީގެ ބައްދަލުވުން ފަށައިފި

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ސްޓޭންޑިން ކޮމިޓީގެ 41 ވަނަ ބައްދަލުވުން ފަށައިފި އެވެ.

ސްޓޭންޑިން ކޮމިޓީގެ ޖަލްސާ އަކީ މިއަހަރު ބާއްވާ ސާކްގެ ގައުމުތަކުން ބައިވެރިވާ ސާކްގެ 18 ވަނަ ބައްދަލުވުމުގެ ކުރިން ގައުމުތަކުގެ އިސްވެރިންގެ މެދުގައި ބޭއްވޭ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ސާކްގެ އަށް ގައުމުގެ ފޮރިން ސެކްރެޓަރީން ގިނަ ކަންތައްތަކާއި މެދު މަޝްވަރާކުރައްވާނެއެވެ.

މިހާރު ކުރިޔަށްދާ މިބައްދަލުވުމުގައި މަޝްވަރާ  ކުރުމަށްހަމަޖެހިފައިވަނީ ސަރަހައްދީ ގުޅުމާއި އިގުތިސާދާއި ފަގީރުކަން ނައްތައިލުން ފަދަ ކަންތައްތަކާ މެދު ކަމަށްފޮރިން މިނިސްޓްރީން ބުނެ އެވެ.

މި ބައްދަލުވުމަށްފަހު މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓްގެ ކުރިން ދެން ބާއްވާއެންމެ ބޮޑު ބައްދަލުވުމަށްވާނީ ސާކް މިނިސްޓަރުންގެ ކައުންސިލްގެ ބައްދަލުވުމެވެ. މިއަދުގެ ބައްދަލުވުން ފެއްޓުމުގެ ގޮތުން ރާޢްޖެއިން ރިޔާސަތު ބެލެހެއްޓުމަށްފަހު ރިޔާސަތު ވަނީ ރަސްމީކޮށް މިއަހަރު ސާކް ސަމިޓް ބާއްބާ ނޭޕާލާއި ހަވާލުކޮށްފައި އެވެ.

ސާކް ސަމިޓްގައި ބައިވެރިވަޑައިގެންނެވުމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި އެމިނިސްޓްރީގެ އެހެން ބައެއް އިސް ބޭފުޅުން މިހާރު ވަޑައިގެން ތިއްބެވީ ކަތުމަންޑޫގައެވެ. ސާކް ސަމިޓްބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ން 27 ގެ ނިޔަލަށް ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *