ކ-ވ: އަޙްމަދު މަސްނޫމް، އަޙްމަދު ސިޔާދު، ޙުސައިން ސަނީމް އަދި ސާޒް ޢަބްދުﷲ ރިޝީފް --
ކ-ވ: އަޙްމަދު މަސްނޫމް، އަޙްމަދު ސިޔާދު، ޙުސައިން ސަނީމް އަދި ސާޒް ޢަބްދުﷲ ރިޝީފް --

ކޯޓަށް ހާޒިރު ކުރުމަށް 4 މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި

ކޯޓު އަމުރު ތަންފީޒްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ޝަރީޢަތަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ނުކުރެވިފައިވާ 04 މީހަކު ކޯޓަށް ހާޒިރުކޮށްދިނުން އެދި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރުތަކަކާ ގުޅިގެން އެމީހުން ހޯދަން ފުލުހުންއ އިއުލާނުކޮށްފި އެވެ.

ފުލުހުން ބުނީ މި އަމުރުތަކަކާ ގުޅިގެން ހޯދަމުން ދަނީ ސ.ފޭދޫ، ކޯޒީކޯނަރ އަޙްމަދު މަސްނޫމް (21އ) އާއި ޏ.ފުވައްމުލައް، މިސްކިތްމަގު ދިލްއާރާމުގެ އަޙްމަދު ސިޔާދު (32އ) އާއި ކ.މާލެ، ވ.ރިހިމެދު ޙުސައިން ސަނީމް (23އ) ގެ އިތުރުން ހދ.ނޭކުރެންދޫ، ސާޒް ޢަބްދުﷲ ރިޝީފް (25އ) ކަމަށެވެ.

އަޙްމަދު މަސްނޫމް ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މާރާމާރީ ހިންގުމުގެ ކުށުގެ މައްސަލައަކާއި، ގުޅިގެން ކޯޓަށް ޙާޟިރުވުމުގެ އަމުރާއި ހަވާލުވެ، ކޯޓަށް ޙާޟިރުވެފައި ނުވާތީ އެވެ.

އަޙްމަދު ސިޔާދު ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ކޯޓަށް ޙާޟިރު ކުރަން ބޭނުންވެ، ކޯޓަށް ޙާޟިރު ކުރެވިފައި ނުވާތީއެވެ.

ޙުސައިން ސަނީމް ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ވައްކަން ކުރުމުގެ ކުށުގެ މައްސަލައަކާއި ގުޅިގެން ކޯޓަށް ޙާޟިރު ކުރަން ބޭނުންވެ، ކޯޓަށް ޙާޟިރު ކުރެވިފައި ނުވާތީއެވެ.

ޢަބްދުﷲ ރިޝީފް ހޯދަމުން ދަނީ ޑްރަގް ކޯޓުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރު ކުރުމަށް ޑްރަގް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެންނެވެ.

މި 04 މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *