އެންއައިސީއަށް އައްޔަންކުރަން ފޮނުވި ނަންފުޅުތަކުން އެއް ނަން އުނިކުރުމަށްފަހު އަލުން ފޮނުއްވައިފި

އަލަށް އުފެއްދެވި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އައްޔަން ކުރަން ކުރިން މަޖިލީހަށް ފޮނުއްވެވި ފަސް ބޭފުޅުންގެ ނަންފުޅުތަކުގެ ތެރެއިން އެއް ބޭފުޅެއްގެ ނަންފުޅު އުނިކުރެއްވުމަށްފަހު އަލުން ފޮނުއްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ އަލުން ފޮނުއްވި ނަންފުޅުތަކަކީ ޔޫސުފް މާނިއު މުހައްމަދު، މުހައްމަދު ފަރުހާދު، ހަސަން ހަމީދު އަދި ހަދީޖާ އަބްދުﷲގެ ނަންފުޅު ކަމަށެވެ.

އުނިކޮށްފައިވަނީ މަރިޔަމް ޒީނިޔާގެ ނަންފުޅެވެ. އެ ނަންފުޅު އުނި ކުރެއްވި ސަބަބު ތަރުޖަމާނު ހާމައެއް ނުކުރައްވަ އެވެ.

ޤާނޫނު ނަންބަރު 27/2015 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން “ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން” އުފެއްދެވުމަށްފަހު ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި، ޤާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން ވަނީ އުވާލައްވާފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *