ލޯންޗުކޮޅުގައި ހިނގި ހާދިސާއާއި ގުޅިގެން ހައްޔަރުކޮށްފައިވާ އެމްއެންޑީއެފްގެ ދެ އޮފިޝަރުން -- ފޮޓޯ: ސަން
ލޯންޗުކޮޅުގައި ހިނގި ހާދިސާއާއި ގުޅިގެން ހައްޔަރުކޮށްފައިވާ އެމްއެންޑީއެފްގެ ދެ އޮފިޝަރުން -- ފޮޓޯ: ސަން

”ފިނިފެންމާ“ ލޯންޗުކޮޅު މައްސަލައިގާ ހައްޔަރުކުރި ދެމީހުންގެ ބަންދަށް 15 ދުވަސް

ރިޔާސީ ލޯންޗުކޮޅު ”ފިނިފެންމާ“ ގައި އެއްޗެއް ގޮވި މައްސަލައިގާ ހައްޔަރު ކުރި، އެމްއެންޑީއެފްގެ ބަޑީ ގުދަނާއި ގުޅުންހުރި ވަޒީފާތަކުގައި އުޅޭ ދެ ސިފައިންގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.

މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ މުހައްމަދު ޖަވާޒް އަދި މޫސާ ޒަމީރު ކިޔާ ސިފައިންގެ ދެމީހެކެވެ. މައުލޫމާތު ލިބޭގޮތުގައި މި ދެމީހުންގެ ތެރެއިން މޫސާ ޒަމީރަކީ އެސްޕްލޯސިވް އޯޑްނެންސް ޑިސްޕޯސަލް (އީއޯޑީ)ގެ މަސައްކަތް ކުރާ މީހެކެވެ.

މި ދެމީހުން ކޯޓަށް ހާޒިރުކޮށް ބަންދަށް މުއްދަތު ޖަހާފައިވަނީ މިރޭގެ ވަގުތެއްގަ އެވެ. ޒަމީރު އަދި ޖަވާޒް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވަނީ މިރޭގެ ވަގުތެއްގައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *