އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ބާގިރު ޗުއްޓީއަކަށް ވަޑައިގަތުމުން އެ މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ ހަވާލު ކުރައްވައިފި އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ހައުސިން މިނިސްޓަރު ޗުއްޓީއަށް ވަޑައިގެންނެވީ މިއަދުން ފެށިގެންނެވެ. އަދި އެ މިނިސްޓްރީ ހިންގެވުމަށް ހައުސިން މިނިސްޓަރާ ހަވާލު ކުރައްވާފައިވަނީ އިސްލާމިކް މިނިސްޓަރު ޗުއްޓީ ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަތުމާއި ހަމައަށެވެ.
އިސްލާމިކް މިނިސްޓަރު ޗުއްޓީއެއް ނެންގެވިކަން އެނގިފައި ވީނަމަވެސް ނަންގަވާފައިވަނީ ކިހާ މުއްދަތަކަށްކަން އެނގިފައެއް ނުވެ އެވެ.