މެޖިސްޓްރޭޓްކަމުގެ މަޤާމަށް 8 ބޭފުޅަކު ޢައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.
އަލަށް މެޖިސްޓްރޭޓްކަމުގެ މަޤާމަށް ޢައްޔަންކުރުމަށް ނިންމާފައިވާ ބޭފުޅުންނާއި އެބޭފުޅުން ޢައްޔަންކުރުމަށް ނިންމެވި ކޯޓުތަކަކީ:
ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އަލްއުސްތާޛު ޙުސައިން ޝަހީދު (ބާޒީގެ / ސ. ހިތަދޫ)
ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް ކަމަށް އަލްއުސްތާޛު ޢަބްދުލްޣަފޫރު މުޙައްމަދު (ދަފްތަރު ނަންބަރު ރސ 8538)
ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް ކަމަށް އަލްއުސްތާޛު އިބްރާހީމް ޝަކީބު (ޝެފްރަންވެލީ / ކ. ކާށިދޫ)
ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އަލްއުސްތާޛާ އާމިނަތު ޝެޒްލީނާ (މަދޮށިމާވިލާ / ސ. ފޭދޫ)
އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް ކަމަށް އަލްފާޟިލް އަޙްމަދު ނިހާން (ވީނަސް / ގއ. މާމެންދޫ)
ތ. މަޑިފުށި މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް ކަމަށް އަލްފާޟިލް މުޙައްމަދު ނިޡާމް (ނަޒީހާމަންޒިލް / ލ. މުންޑޫ)
ރ. ކިނޮޅަސް މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް ކަމަށް އަލްއުސްތާޛު އިބްރާހިމް ޒާހިރު (ޖަވާހިރުމާގެ / ގއ. ގެމަނަފުށި)
ހދ. ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް ކަމަށް އަލްފާޟިލް މުޙައްމަދު މައުސޫމް (ގަހާ / ހދ. ނޮޅިވަރަން) އެވެ.
އެ ކޮމިޝަނުން ބުނީ މިގޮތަށް ނިންމީ 29 ސެޕްޓެމްބަރ 2014 ގައި މެޖިސްޓްރޭޓުން ނެތް ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން އެކަމަށް އެދި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ އިންޓަވިއުކުރުމަށް ފަހުގައި ކަމަށެވެ.