އިންޑިއާ އަދި ޗައިނާ ގުޅިގެން އުފައްދާ ”ކުންފޫ ޔޯގާ“ ގެ ބޮލީވުޑްތަރި ސޯނޫ ސޫދަށް ޗެކީޗަން ހާއްސަ ކެއުމެއް ދީފި އެވެ.
ޖެކީޗަން އަދި ސޯނޫ ސުއޫދު އެކްޓް ކުރާ ”ކުންފޫ ޔޯގާ“ގެ ޝޫޓިން މިހާރު ފަށާފައިވާއިރު ޖެކީޗަން ދިން ކެއުމަށް އިންސާފު ކުރުމަށްފަހު ސޯނޫ ވަނީ ޓްވިޓާގައި ޖެކީޗަން އަށް ޝުކުރު އަދާކޮށްފަ އެވެ.
އިންޑިއާއާއި ޗައިނާ ގުޅިގެން ތިން ފިލްމެއް ހެދުމަށް ޗައިނާގެ ރައީސް ޒީ ޖިންޕިން އިންޑިއާއަށް ކުރެއްވި ޒިޔާރަތުގައި އެއްބަސްވެފައި ވެ އެވެ. ”ކުންފޫ ޔޯގާ“ އަކީ އެގޮތުން ތައްޔާރު ކުރެވޭ ފުރަތަމަ ފިލްމެވެ.
މި ފިލްމު ޝޫޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ދުބާއީގަ އެވެ. ބެއިޖިން އާއި އިންޑިއާގައި މި ފިލްމުގެ މަންޒަރުތައް ކުޅުމަށް ހަމަޖެހިފައި ވެ އެވެ.