އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް މަޖިލީހުގެ ކޮމިޓީއެއްގައި -- ދުވަސް ފޮޓޯ --
އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް މަޖިލީހުގެ ކޮމިޓީއެއްގައި -- ދުވަސް ފޮޓޯ --

އޮޑިޓް ގާނޫނަށް ގެނައި އިސްލާހު ބާތިލު ކުރަން ހައިކޯޓަށް ހުށަހަޅައިފި

 އޮޑިޓާ ޖެނެރަލްގެ މަގާމަށް އަލުން ބޭފުޅަކު އައްޔަންކުރަން ޖެހޭ ގޮތަށް، އޮޑިޓް ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ބާތިލްކުރަން ހައިކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

އެ އިސްލާހު ބާތިލު ކުރަން އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމްގެ ފަރާތުން މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ ކުރީގެ ސޮލިސިޓަ ޖެނެރަލް އިބްރާހިމް ރިފްއަތު އެވެ.

ދުވަހުން ދެންނެވި ސުވާލަކަށް މިއަދު ޖަވާބު ދެއްވަމުން އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވީ އެ މައްސަލަ ހައިކޯޓަށް ވައްދާފައިވާކަން ކަށަވަރު ކޮށްދޭ ކަމަށެވެ. އެހެންނަމަވެސް އެކަމާމެދު އިތުރު އެއްޗެއް ބުނަން އަދި ބޭނުން ނުވާ ކަމަށެވެ.

ރާއްޖޭގެ ބައެއް އޮންލައިން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މި މައްސަލަ ހައިކޯޓަށް ހުށަހެޅުއްވި ރިފްއަތު ވިދާޅުވީ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމްގެ މަގާމުގެ މުއްދަތު ހަމަނުވަނިސް އަދި އޭނާ މަގާމުން ވަކިކުރުމަށް ގާނޫނު އަސާސީގައި ބަޔާންކުރާ ހަމަތަކާއި ހިލާފަށް އެހެން މީހަކު އެމަގާމަށް އައްޔަން ކުރުމަކީ ގާނޫނު އަސާސީއާއި ހިލާފް ކަމެއްކަމަށެވެ.

އަދި އޮޑިޓަ ޖެނެރަލްގެ ވަކި ދައުރެއް ގާނޫނު އަސާސީގައި ކަނޑައަޅާފައި އޮއްވައި އެއަށް ބަދަލެއް ގެންނަ ޖެހޭނީ ގާނޫނު އަސާސީ އިސްލާހު ކޮށްގެން ކަމަށްވެސް ކުރީގެ ސޮލިސިޓަ ޖެނެރަލް އިބްރާހީމް ރިފްއަތު ވަނީ ވިދާޅުވެފަ އެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް އަލުން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހޭގޮތަށް އޮޑިޓް ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމްކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

މި އިސްލާހު ބާތިލު ކުރަން މީގެކުރިން ވަނީ ސުޕްރީމް ކޯޓަށްވެސް ހުށަހަޅާފައެވެ. ސުޕްރީމް ކޯޓަށް ހުށަހެޅީ ހއ. ކެލާ މުރަކަ އަބްދުﷲ ޖަލީލެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެތް ކަމެއް ނުވަތަ ނޫންކަން ސާފުވެފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *