ޕެރަލައިޒްވެފައި ހޮސްޕިޓަލްގައި 47 އަހަރު އަމިއްލަ މަސައްކަތުން އުފެއްދި ކާޓޫންގެ އަގު 30 ހާސް ޑޮލަރު

ބްރެޒިލްގެ ރައްޔިތެއް ކަމަށްވާ ހެންރިކޭ މަކާޑޯ އޭނާގެ ހަޔާތުން 47 އަހަރު ހޭދަކޮށްފައިވަނީ ހޮސްޕިޓަލުގަ އެވެ. ދެ އަތް ފިޔަވައި މުޅި ހަނށިގަނޑު ވަނީ ޕެރަލައިޒް ވެފަ އެވެ. ނަމަވެސް ދިރިހުރުމަށް، ދިރި އުޅުމަށް އޭނާ ކުރަނީ ވަރަށްވެސް ފޮނި އުންމީދެކެވެ. ކުރަމުން އަންނަނީ އާދަލާ ހިލާފު މަސައްކަތެކެވެ.

ހޮސްޕިޓަލުގެ ކޮޓަރީގައި ހުރި ”ޓޯއީ“ ތަކާއި ޕޯސްޓަރު ތަކާއި ފޮތްތަކާއި ޒަމާނީ ކޮމްޕިއުޓަރުގެ އެހީގައި މަކާޑޯ އޭނާގެ ދިރިއުޅުމައި އަންނަނީ ކުލަ ޖައްސަމުންނެވެ.

މަކާޑޯ އޭނާގެ ބަލި އެނދުގައި އޮވެ ގްރެފިކް ޑިޒައިން، ތްރީޑީ ޑިޒައިން، އަދި އެނިމޭޝަން ޑިޒައިން ވަނީ ދަސްކޮށްފަ އެވެ. އަދި އެ ހުނަރާއެކު މަކާޑޯ ވަނީ އޭނަގެ އަމިއްޔަ ކާޓޫނެއް އުފައްދާފަ އެވެ.

”އަހަރެން ކުޑައިރު އަހަރެންގެ ކުޅޭގެއަކަށްވީ ހޮސްޕިޓަލް، ހޮސްޕިޓަލުގައި އެކުވެރިންނާއެކު ކުޅެހެދީމު، އެހެން ކޮޓަރިތަކަށް އެނދުގައި ޒިޔާރަތް ކުރީމު“ މަކާޑޯ ބުނެފައި ވެ އެވެ.

މަކާޑޯ ތައްޔާރުކޮށްފައިވާ ކާޓޫނަށް ދީފައިވާ ބަމަކީ ”ބްރިންކަޑެއިރޭންޓްސް“ އެވެ. ނި މަކީ ޕޯޗުގީޒު ބަހުން ”ކުޅުން“ އަދި ”ވީލް ޗެއާ“ މި ދެބަސް އެއްކޮށްލައިގެން ދީފައިވާ ނަމެކެވެ. ކާޓޫންގެ މެއިން ކެރެކްޓާ އަކީވެސް ހުދު އޭނަ އެވެ. މަކާޑޯގެ ކާޓޫނުން ދައްކުވައިދެނީ ފުރޮޅުލީ ގޮނޑީގައި އިނެއްކަމަކު ކުޑަކުއްޖެ ހަޔާތް އެހެން ކުދިންގެ ހަޔާތާ ތަފާތު ނޫން ކަމެވެ. އެހެން ކުދިންނެކޭ އެއްފަދައިން ހީ ސަމާސާ ކޮށްލާ ކުޅެ ހަދާލުމުގެ ފުރުސަތު އެ ކުދީންނަށްވެސް އޮތް ކަމެވެ.

މަކާޑޯގެ ކާޓޫނުގެ ފުރަތަމަ އެޕިސޯޑް ޔޫޓިއުބަށް އަޕްލޯޑް ކޮށްފައިވާއިރު އެ މަސައްކަތަށް އެކި ފަރާތްތަކުން 30،000 ޑޮލަރު މަކާޑޯއަށް ދީފައި ވެ އެވެ. އެ ވީޑިއޯ މިހާތަނަށް 65 ހާސް މީހުން ބަލާފައި ވާއިރު މަކާޑޯ އަންނަނީ އެ ކާޓޫންގެ ދެވަނަ އެޕިސޯޑް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

ދިރިއުޅުމުގައި ބަލި އެނދުގައި ދެ އަތް ފިޔަވައި މުޅި ހަށިގަނޑު ޕެރަލައިޒްވެފައިވާއިރު މަކާޑޯ ބުރަ މަސައްކަތުން އޭނާ އަންނަނީ ދެކެމުން އައި ހުވަފެންތައް ކާމިޔާބު ކުރަމުންނެވެ. އަދިވެސް މަކާޑޯ ކާމިޔާބުކުރަން ބޭނުންވާ، ހަގީގަތަކަށް ހަދަން ބޭނުންވާ ހުވަފެންތައް އެބަހުއްޓެވެ. އޭގެ ތެރޭގައި މަކާޑޯގެ ކާޓޫން، ޓީވީ ސީރީޒަކަށް ހެދުން، ބޮޑު ސްކްރީނުގައި މަކާޑޯގެ ކާޓޫނެއް އެޅުވުން، ހަނދަށް ދިއުން ހިމެނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *