ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސް ހުއްޓައި، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ބައްޕަ، ހުސެއިން އަބްދުއްރަހްމާން ރޭގެ ވަގުތެއްގައި މައްކާގައި ނިޔާވެއްޖެ އެވެ.
ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފައިވާގޮތުގައި ހުސެއިން އަބްދުއްރަހްމާން ނިޔާވެފައިވަނީ ރޭގެ ވަގުތެއްގަ އެވެ. މަސްޖިދުލް ހަރަމްގައި ކަށުނަމާދުކޮށްފައިވާއިރު ވަޅުލާފައިވަނީ ފަތިސް ނަމާދަށް ފަހު ކަމަށްވެސް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ.
މައްކާގައި ހައުސިން މިނިސްޓަރުގެ ބައްޕަ ނިޔާވެފައިވާއިރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިނިސްޓަރު މުއިއްޒުވެސް ހުންނެވީ މައްކާގަ އެވެ.