ރިޔާސީ ލޯންޗުކޮޅުގައި ހިނގި ހާދިސާއާ ބެހޭގޮތުން ސަރުކާރުން އެއްޗެއް ބުނާނީ ތަހުގީގު ނިމުމުން: ތަރުޖަމާނު

ރިޔާސީ ލޯންޗުކޮޅުގައި މިއަދު ހިނގި ހާދިސާއާއި ގުޅޭގޮތުން ސަރުކާރުން ރަސްމީބަހެއް ހާމަކުރރެވޭނީ ތަހުގީގު ނިމުމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.

ތަރުޖަމާނު މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ.

ތަރުޖަމާނު މިހެން ވިދާޅުވެފައިވާއިރު ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް މިއަދު ވަނީ ސީއެންއެންއަށް މި ހާދިސާއާއި ގުޅޭގޮތުން އިންޓަވިއުއެއް ދެއްވާފަ އެވެ. އެ އިންޓަވިއުގައި މިނިސްޓަރު ވިދާޅުވެފައިވަނީ އެ ހާދިސާ ހިނގަން މެދުވެރިވީ ”މެކޭނިކަލް ފެއިލިއާއަކުން ކަމަށްވުމަކީ ނާދިރު“ ކަމެއް ކަމަށެވެ.

މިއަދުގެ އެ ހާދިސާގައި ރައީސް ޔާމީންގެ ހަށިކޮޅަށް އަނިޔާއެއް ނުލިބުނު އެމަނިކުފާނުގެ އަނބިކަނބަލުންގެ މައިބަދައިން ހަތަރުތަނެއްގައި ރެނދުލާފައިވާކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފަ އެވެ. މިހާދިސާގައި ރައީސްގެ ބޮޑީގާޑާއި ރައީސް އޮފީހުގެ ސެކްރެޓަރީއަކު ޒަހަމްވި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *