އެއާޕޯޓްގައި ޑޯގް ކެނެލްތަކެއް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާނުކޮށްފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި ޑޯގް ކެނެލް ތަކެއް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިއުލާނަށް ތަރުހީބެއް ނުލިބުމުން އަލުން އިއުލާނު ކޮށްފި އެވެ.

ފުލުހުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2014 ނޮވެންބަރު 24 ވާ ހޯމަ ދުވަހުން ފެށިގެން 2014 ނޮވެންބަރު 27 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 އިން 11:00 އަށް ފުލުހުންގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައި ކަމަށާއި ބީލަން ފޮތެއްގެ އަގަކީ 200.00ރ (ދުއިސައްތަ ރުފިޔާ) ކަމަށެވެ. އަދި ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި ފުލުހުންގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެ ކަމަށްވެސް ފުލުހުންގެ އިއުލާނު ގައި ބުނެއެވެ.

މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2014 ނޮވެންބަރު 30 ވާ އާދީއްތަ ދުވަހުގެ 13:00 ގައި، އިސްކަންދަރު ބިލްޑިންގުގައި ކަމަށާއި މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2014 ނޮވެންބަރު 27 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ފުލުހުންގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދޭ ކަމަށްވެސް އިއުލާނުގައި ވެއެވެ.

އެ އިއުލާނުގައި ބުނެފައިވަނީ ބީލަން ހުޅުވުން އޮންނާނީ 2014 ޑިސެންބަރު 04 ވާ ބުރާސްފަތި ދުވަހުގެ 13:00 ފުލުހުންގެ ފައިނޭންސް ޑިޕާޓްމަންޓުގައި ކަމަށާއި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކަމަށެވެ. އަދި ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު، އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ ކަމަށާއި ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބަލައިގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުޞަތު ދެވެންނޯންނާނެ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

ފުލުހުންގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ އެޑްވާންސް ޕޭމަންޓްގެގޮތުގައި ކޮންޓްރެކްޓް އަގުގެ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *