ލޯންޗުކޮޅުގައި ހިނގިހާދިސާ ތަހުގީގުކޮށް އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން އެމްޑީޕީ އިން ގޮވާލައިފި

ރިޔާސީ ލޯންޗުކޮޅުގައި މިއަދު ހިނގި ހާދިސާ ކުށްވެރިކޮށް އިހުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ އިން ގޮވާލައިފި އެވެ.

މިކަމަށް އެ ޕާޓީން ގޮވާލާފައިވަނީ މިއަދު ނެރުނު ބަޔާނެއްގަ އެވެ.

”މިފަދަ ނުރައްކާތެރި ޙާދިސާއެއް ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތަކަށް ޙާއްޞަކުރެވިފައިވާ ލޯންޗުކޮޅުގައި ހިނގުން މިހާރުން މިހާރަށް ތަޙްޤީޤްކޮށް މިކަމުގައި އިޙުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ދައުލަތުގެ އެންމެހައި ފަރާތްތަކަށް ގޮވާލަން“ އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމީންގެ ދެކަނބަލުން މިއަދު ހެނދުނު މާލެ ވަޑައިގަންނަވަނިކޮށް އެމަނިކުފާނާ އަދި ސަރުކާރުގެ ބައެއް ވެރިން ދަތުރު ކުރައްވަމުން ގެންދެވި ފިނިފެންމާ ލޯންޗުކޮޅުގައި ހިނގި ނުރައްކާތެރި ޙާދިސާއާ މެދު އެމްޑީޕީގެ ފަރާތުން އިންތިހާއަށް ކަންބޮޑުވުން ފާޅު ކުރާ ކަމަށެވެ.

މިދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާގެ ޢާއިލާއަށާއި މި ނުރައްކާތެރި ޙާދިސާގައި އަނިޔާ ލިބުނު އެމް.އެން.ޑީ.އެފްގެ ސަރޖަންޓް ފަރސްޓް ކްލާސް މުޙައްމަދު ޢަބްދުލް ނާސިރަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓަރީ ފާތިމަތު މުޙައްމަދު ޞާލިހަށް އަވަސް ޝިފާއަކަށް އެދޭ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *