ޒަހަމްވި ނަމަވެސް ސަލާމަތްވީ ޓެންޓެއްގެ ފުރާޅުމައްޗަށް އަރައިގެން: ސޫދާނުގެ ދެ ހާޖީން

މިނާގައި ހައްޖާޖީންތަކެއް ފިތިގެން މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހިތާމަވެރި ހާދިސާގައި ޒަހަމްވި ނަމަވެސް ސަލާމަތްވީ ޓެންޓެއްގެ ފުރާޅުމައްޗަށް އަރައިގެން ކަމަށް ސޫދާނުގެ ދެ ހާޖީއަކު ބުނެފި އެވެ.

އަލް ހަޔާތު ނޫހަށް ދީފައިވާ އިންޓަވިއުއެއްގައި އުމުރުން 46 އަހަރުގެ ހައިތަމް ހަލަފުﷲ އަދި 44 އަހަރުގެ ޔޫސުފް މުހައްމަދު ބުނީ ފިތިގެން ސަލާމަތްވުމަށް މީހުންތައް ތެޅިގަތް އިރު ޓެންޓްތަކަށް ވަނުމުގެ ހުއްދަ ޓެންޓުތައް ބަލަހައްޓަންތިބި މީހުން ދިން ނަމަ ހާދިސާގައި ނިޔާވި މީހުންގެ އަދަދު ވަރަށް މަދުވާނެ ކަމަށެވެ. ނަމަވެސް ފުރާޅަށް އަރަންޖެހުނީ އެ ފުރުސަތު ނުދިނުމުން ކަމަށް އެ ދެ ހާޖީން ބުނެ އެވެ.

”ޓެންޓު މަތީގައި ދޮޅުގަޑިއިރު ހޭދަކުރިން، އެއަށްފަހު ދެން އުޅުނީ ސަލާމަތީ ބާރުތަކަށް އެހީތެރިވުމުގަ“ އެ ދެ ހާޖީން ބުނެ އެވެ.

އެ ދެ ހާޖީންވެސް ބުނީ އެ ހިތާމަވެރި އަދި ބިރުވެރި ހާދިސާއިން ސަލާމަތް ވުމުން ޒަހަމްވެފައި ތިބި ނަމަވެސް ނިޔާވެފައި އަދި ޒަހަމްވެފައި ތިބި ހާޖީންނަށް އެހީތެރިވުމުގައި އެތައް އިރެއް ހޭދަ ކުރި ކަމަށާއި އެ މަންޒަރު ހަނދާނަށް ގެނައުމުން އަދިވެސް ލޮލުން ކަރުނަ ހިލިގެން ދާކަމަށެވެ.

އެ ހާދިސާ ހިނގަން މެދުވެރިވީ އެ މަގުން ޖަމްރައަތަށް ހިލަ އުކަން ދިޔަ ހައްޖާޖީންނާ ދިމާ އިދިކޮޅަށް އިތުރު ހައްޖާޖީންތަކެއް ހިނގަން ފެށުމުން ކަމަށް ސޫދާނުގެ ދެ ހާޖީން ބުނެފައި ވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *