ވ އަތޮޅު ވަށުގިރު ފަރަށްއެރި ތެޔޮދޯނި މިހާރު ފުންކުރެވިފައިވާކަމަށް އެމްއެންޑީއެފުން ހާމަކޮށްފި އެވެ.
މިކަން އެމްއެންޑީއެފުން ހާމަކުރީ ދެންމެ ކުރި ޓްވީޓެއްގަ އެވެ.
އެ ދޯނި ފަރަށް އެރިކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 7:00 ހާއިރު އެވެ. ދޯނި ފަރަށްއެރި އިރު ދޯނީގައި ތިބީ ހަތަރު ފަޅުވެރިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން މައުލޫމާތު ދީފައިވާގޮތުން އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.