ނިދާހެދުމުގައި ފްލައިޓަށް ނޭރުވުމުން އިހްރާމް ބަނދެގެން ފްލައިޓަށް އަރައިފި

ރަފްހާއަށް ދާން އޮތް ފްލައިޓަކަށް ނިދާހެދުމުގައި ތިބުމުން ކަމަށް ބުނެ ނޭރުވުމުން އެއްބަނޑު އެއްބަފާ ދެބެން އިހުރާމް ބަނދެގެން ފްލައިޓަށް އަރައިފިއެވެ.

ހާތިމް އައް ޝަމާރީއާއި އައްޔަމް މިދިޔަ ހޯމަދުވަހު ރިޔާދުން ރަފްހާއަށް ދާ ފްލައިޓަކުން ޓިކެޓް ނެގީ އާއިލާއާ އެކު އީދު ހޭދަކޮށްލުމަށެވެ. ނަމަވެސް ފުރަން އެއާ ޕޯޓަށް ދިޔުމުން އެއާ ޕޯޓް ލޯންޖަށް ނުވެއްދީ ނިދާ ހެދުމުގައި ތިބެފައި އެއީ އެއާލައިން ތަކުގެ އުސޫލުތަކާ ހިލާފުކަމެއްކަމުގައި ވާތީ އެވެ. އެތައް މަސައްކަތަށްފަހުވެސް ފްލައިޓަށް ނޭރުވުމުން ވަގުތު ކުޑަތަން ވެފައިވާތީ ދެބެން ނިންމީ އެއާ ޕޯޓުން އިހުރާމް ގަނެ އިހުރާމް ބަނދެގެން ފްލައިޓަށް އެރުމަށެވެ.

މިދެބެން ބުނެފައިވަނީ އިހުރާމްގައި ތިބެ ދަތުރުކުރަން ވަރަށް ލަދުގަތް ކަމަށާއި އެއީ އެމީހުން ދަތުރު ކުރަމުންދިޔައީ މައްކާއަށް ނޫންކަމުގައި ވުމުންކަމަށެވެ. އިހުރާމުގައި ތިބުމުން ފްލައިޓްގައި އެކުގައި ދަތުރު ކުރި ބައެއްމީހުންނަށްވެސް ފްލައިޓް ގެ މަންޒިލާމެދު ސުވާލު އުފެދުނުކަމަށް މި ދެބެން ބުންޏެވެ. އަދި އިހުރާމްގައި ތިބި ދެމީހަކު ރަފްހާއަށް އައުމުން، ރަފްހާގެ އެއާ ޕޯޓުގައި ތިބި މީހުން ވެސް ތިބީ ވަރަށް ހައިރާން ވެފައި ކަމުގައި މިދެބެން ބުންޏެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *