ފޮޓޯ: ނިއުރޭޑިއަންޓް.ކޮމް
ފޮޓޯ: ނިއުރޭޑިއަންޓް.ކޮމް

ޕްރެޒިޑެންޓްސް ކަޕް: މާޒިޔާ ބަލިކޮށް ނިއުރޭޑިއަންޓު ފައިނަލަށް

ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ ސެމީ ފައިނަލްގައި ރޭ މާޒިޔާ ބަލިކޮށް ނިއުރޭޑިއަންޓް ފައިނަލަށް ދަތުރުކޮށްފިއެވެ.

މެޗުގެ ބޮޑުބައި 10 ކުޅުންތެރިންނާއެކު ކުޅުނު މާޒިޔާ ބަލިވެފައިވަނީ 2-1 ނަތީޖާއަކުންނެވެ. ފާއިތުވި 2 އަހަރު މުބާރާތުގެ ޗެމްޕިއަނުން ކަމަށްވާ ނިއުރޭޑިއަންޓަށް މެޗުގެ 14 ވަނަ މިނެޓުގައި ލީޑު ނަގާދިނީ ސްޕެއިންގެ މިޑްފީލްޑަރ ޑޭވިޑެވެ.

މާޒިއާއަށް މެޗަށް އަނބުރާއައުމަށް އިތުރު އުނދަގުލަކަށްވީ މެޗުގެ 19 ވަނަ މިނެޓުގައި އައްސަދު އަލީ ( އަޑުބަރޭ) ކުރި ފައުލަކާއި ގުޅިގެން ސީދާ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމާ އެކީގައެވެ.

އަޑުބަރޭއަށް ރަތް ކާޑު ދެއްކިތާ މާގިނައިރެއްނުވެ ހަމްޒަތުގެ ގޯލުން ނިއުވަނީ ނަތީޖާ ފުޅާކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޗުގެ 39 ވަނަ މިނެޓުގައި އަސަދުﷲ ގެ ގޯލުން މާޒިޔާ ހިއްވަރު އާކުރިއެވެ.

މެޗުގެ 2 ވަނަ ހާފްގައި ދެޓީމަށްވެސް ގިނަ ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން މެޗު ނިމެން 3 މިނެޓަށް ވެފައިވަނިކޮށް މާޒިޔާގެ ބިދޭސީ ކުޅުންތެރިޔާ އަބޫ ޑެސްމޮން މަންސާރޭއަށްވަނީ ހުސް ފުރުސަތެއް ލިބި ނާކާމިޔާބުކޮށްލާފައެވެ. އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރި ނިއުގެ ފޯވަރޑް ސެންޓޭވަނީ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެން ގޮސްފައެވެ.

މި މެޗުން ބަލިވިޔަސް، ފައިނަލް އިން ޖާގަ ހޯދަން މާޒިޔާ އަށް ދެވަނަ ފުރުސަތެއް ލިބޭނެ އެވެ. މުބާރާތުގެ ތިން ވަނަ ސެމީގައި ވާދަކޮށްގެން، ފައިނަލްގެ ޖާގަ ހޯދުމުގެ މަގު މާޒިޔާ އަށް އެބައޮތެވެ. ތިން ވަނަ ސެމީގައި މާޒިޔާއާ ދެކޮޅަށް ނުކުންނާނީ  ވިކްޓަރީ އާއި ކްލަބް އީގަލްސް މިރޭ ވާދަކުރާ ދެވަނަ ސެމީން މޮޅުވާ ޓީމެކެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *