ދިރާގުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންނަށް ޢީދު ހަދިޔާ ބަހައިފި އެވެ.
ކުޑަކުދިންނަށް ދިރާގު ޢީދު ހަދިޔާ ބެހުން ކުރިއަށް ގެންގޮސްފައިވަނީ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތައް ހުންނަ ރަށްރަށުގައްޔާއި މާލޭގަ އެވެ.
ބައެއް ރަށްރަށުގައި ކުޑަކުދީންގެ ހަވީރު ބާއްވާފައިވާއިރު އައްޑުއާއި ކުޅުދުއްފުށި، އޭދަފުށި، ފުވައްމުލައް އަދި ލާމު އަތޮޅާއި ގދ އަތޮޅުގެ ބައެއް ރަށްރަށުގައި ކުޑަކުދީންނަށް ހަދިޔާ ބަހާފައި ވެ އެވެ.