އިންސްޓަގްރާމުން ޓްވިޓާ ވައްޓާލައިފި

ފޭސްބުކުން ގަނެފައިވާ އިންސްޓަގްރާމް ބޭނުން ކުރާމީހުންގެ އަދަދު 400 މިލިއަނަށް އަރަފިކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން ބުނެފައިވަނީ އިންސްޓަގްރާމް ބޭނުން ކުރާ މީހުންގެ ތެރެއިން ސަތޭކަ މިލިއަން މީހުން އިންސްޓަގްރާމް ބޭނުން ކުރަން ފެށީ ފާއިތުވެފިޔާ ނުވަ މަސް ދުވަސް ތެރޭގައި ކަމަށެވެ. މި އަދަދާ އެކު އިންސްޓަގްރާމް އިންވަނީ ޓްވިޓަރ ވައްޓަލާފައެވެ. މަހެއްގެ މައްޗަށް ތިންސަތޭކަ ހަތަރު މިލިއަން މީހުން ޓްވިޓަރ ބޭނުން ކުރާއިރު އިންސްޓަގްރާމް މަހެއްގެ މައްޗަށް ތިންސަތޭކަ ސޯޅަ މިލިއަން މީހުން ބޭނުން ކުރެއެވެ.

އިންސްޓަގްރާމްގެ އާބާދީގެ 75 އިންސައްތަ މީހުންނަކީ އެމެރިކާއިން ބޭރުގެ މީހުންނެވެ. އަދި އިންސްޓަގްރާމް އެންމެ ބޮޑަށް ފުޅާވަމުން އަންނަނީ އޫރަޕާއި އޭސިއާގައެވެ. މިމަގައި އެކަނި ވެސް ތިރީސް ގައުމަކަށް އަލަށް އިންސްޓަގްރާމް ވަނީ ތައާރަފް ކޮށްފައެވެ. މި އާބާދީއާއެކު ދުވާލެއްގެ މައްޗައް އައްޑިހަ މިލިއަން ފޮޓޯ އިންސްޓަގްރާމް އަށް ލައެވެ.

ފޭސްބްކުން 2012 ވަނަ އަހަރު އިންސްޓަގްރާމް ގަތީ އެއް ބިލިއަން ޑޮލަރަށެވެ. ނަމަވެސް އިންސްޓަގްރާމް މިހާރު ހޯދަމުން ދާ ކާމިޔާބިއަށް ބަލާފައި މިއީ ކުޑަ އަދަދެއްކަމުގައި ވިޔަފާރި ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ލަފާކުރެވިފައިވާ ގޮތުގައި 2016 ވަނަ އަހަރު އިންސްޓަގްރާމްގެ އާމްދަނީ 1.5 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. އަދި މިއަދަދު 2017 ވަނަ އަހަރު 2.8 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *