އެމީ އެވޯޑްސް ގައި އެންމެ ގިނަ އެވޯޑާއެކު ގޭމް އޮފް ތްރޯންސްއަށް ވޯލްޑް ރެކޯޑެއް

މިއަހަރުގެ އެމީ އެވޯޑްސް ގައި މަޝްހޫރު އިނގިރޭސި ޑްރާމާ ސިލްސިލާ ”ގޭމް އޮފް ތްރޯންސް“ އަށް ރެކޯޑް އަދަދަކަށް އެވޯޑް ލިބިއްޖެއެވެ.

ގޭމް އޮފް ތްރޯންސް އިން ވަނީ އެ ޑްރާމާ ނޮމިނޭޓްވި 24 ކެޓަގަރީގެ ތެރެއިން 12 ނޮމިނޭޝަން އެއް ކާމިޔާބު ކޮށްފައެވެ. މިއީ އެމީ އެވޯޑްސް ގެ ތާރިގައި އެއް އަހަރުތެރޭގައި އެންމެ ގިނަ އެވޯޑް އެއް ޑްރާމާއަކުން ހޯދި ފަހަރެވެ.

މީގެ ކުރިން އެއް ޑްރާމާ އަކުން އެއް އަހަރު ތެރޭގައި އެންމެ ގިނަ އެވާޑް ހޯދައިފަިވަނީ ވެސްޓް ވިންގް އިންއެވެ. އެއީ 9 އެވާރޑާއެކީ 2000 ވަނަ އަހަރުގެ އެމީ އެވޯޑްސްގައެވެ. ގޭމް އޮފް ތްރޯންސް އަށް އަހަރުގެ އެންމެ މޮޅު ޑްރާމާ ސިލްސިލާގެ އެވޯޑް ލިބުނު އިރު އެންމެ ރަނގަޅު ޑައިރެކްޓިންއާއި އެންމެ މޮޅު ޑްރާމާ ލިޔުން މިއީވެސް ގޭމް އޮފް ތްރޯންސް އިން ހޯދި ފާހަގަ ކޮށްލެވޭ ދެ އެވޯޑްއެވެ. އަދި ގޭމް އޮފް ތްރޯންސްގައި ޓްރައިއޮން ލެނިސްޓާރގެ ރޯލު ކުޅޭ ޕީޓަރ ޑިންކްލޭޖް އަށް ވަނީ އެންމެ ރަނގަޅު ސަޕޯޓިން އެކްޓަރގެ އެވޯޑްވެސް ހޯދާފައެވެ.

ގޭމް އޮފް ތްރޯންސް ގެނެސްދޭ އެޗްބީއޯއިންވެސް ވަނީ މިއަހަރުގެ އެމީ އެވޯޑްސްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މިގޮތުން އެޗްބީއޯއިން ގެނެސްދޭ ޑްރާމާތަކަށް ވަނީ 43 އެވާރޑެއްލިބިފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *