ސައުދީ އަރަބިއްޔާގެ ކިންގް ފައިސަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ދިވެހި ހައްޖާޖީއަކު ނިޔާވެއްޖެ އެވެ.
ދިވެހި ހައްޖާޖީ ނިޔާވެފައިވަނީ ނޭވާލާ ނިޒާމަށް ދިމާވި މައްސަލައަކާއި ގުޅިގެން ފަރުވާ ހޯދަމުން ދަނިކޮށެވެ.
ނިޔާވެފައިވަނީ އދ.މަހިބަދޫ، އުމުރުން 77 އަހަރުގެ ޤާސިމް މުހައްމަދު ނަމަކަށް ކިޔާ މީހެކެވެ.
ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި މި މީހާއަށް ފަރުވާދިނުމަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ މީގެ 3 ދުވަސްކުރިންނެވެ.