ގެއްލިގެން ހޯދަމުންދިޔަ ފުވައްލުމަކު ”ކަނޑު ރޯދި“ ދޯނި ފެނިފައި ވާކަމަށާއި އެންމެންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެދުން ހާމަކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ މިދޯނި ފެނިފައިވަނީ މިއަދު ހެނދުނު 07:30 ހާއިރު ސ. ގަމު ކަނޑު ތެރެއިން ކަމަށެވެ. އަދި މިދޯނި ފެނުނުއިރު މި ދޯނިން ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށާއި މި ދޯނި ކައިރީގައި ކޯސްޓްގާޑް ޝިޕް ނޫރައްދީން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ދޯނި ގެއްލިގެން ހޯދަން ފަށާފައިވަނީ ރޭ 20:25 ހާއިރު އެވެ. ދޯނި ގެއްލުނީ ތިން މީހުންނާ އެކުގަ އެވެ.