ހާޓްއެޓޭކެއް ޖެހިވަޑައިގެން އިއްޔެ އަވަހާރަވި، ދުބާއީ އަމީރުގެ ދަރިކަލުން
ހާޓްއެޓޭކެއް ޖެހިވަޑައިގެން އިއްޔެ އަވަހާރަވި، ދުބާއީ އަމީރުގެ ދަރިކަލުން

ރައީސުލްޖުމްހޫރިއްޔާ، އެކުވެރި ޢަރަބި އިމާރާތުގެ ނައިބު ރައީސަށް ތައުޒިޔާ ފޮނުއްވައިފި

އެކުވެރި ޢަރަބި އިމާރާތުގެ ނައިބު ރައީސް އަދި ބޮޑުވަޒީރު، ދުބާއީގެ ޢަމީރު، ޝެއިޚް މުޙަންމަދު ބިން ރާޝިދު އަލްމަކްތޫމްގެ ލޮބުވެތި ދަރިކަލުން، ޝެއިޚް ރާޝިދު ބިން މުޙަންމަދު ބިން ރާޝިދު އަލްމަކްތޫމް ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން، އެކުވެރި ޢަރަބި އިމާރާތުގެ ނައިބު ރައީސަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވާ ކަމަށާއި އަދި، އެކުވެރި ޢަރަބި އިމާރާތުގެ ނައިބު ރައީސާއި، ޝާހީ ޢާއިލާއާއި، އެކުވެރި ޢަރަބި އިމާރާތުގެ އެންމެހައި އަޚުންނާއި އުޚުތުންނާއެކު، ޤައުމީ މި ފުން ހިތާމައިގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ކަމުގައި ވިދާޅުވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެ އެވެ.

ދުބާއީ އަމީރުގެ ދަރިކަލުން އިއްޔެ އަވަހާރަވީ ހާޓްއެޓޭކެއް ޖެހިވަޑައިގެންނެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 33 އަހަރެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *