ނަމަވެސް އެމެރިކާގެ މިނެސޯޓާގެ އެންމެ ދުވަސްވީ އަންހެން މީހާއަށް އުމުރު އޮޅުވާލަން މަޖުބޫރުވީ ފޭސްބުކާ ހެދި އެވެ. މިދިއަ ހަފްތާގެ ތެރޭގައި އަނާ ސްޓޯއާ އޭނާގެ 114 ވަނަ އުފަންދުވަސް ފާހަގަކުރުމަށްފަހު ނިންމީ ފޭސްބުކްގައި އެކައުންޓެއް ހުޅުވުމަށެވެ. އަދި ހަޔާތުގައި ދެން ބާކީ އޮތް ތާނގައި ސޯޝަލް މީޑިއާ ބޭނުން ކުރުމަށެވެ. ނަމަވެސް ފޭސްބުކްގައި ރަޖިސްޓްރީވުމަށް އަނާއަށް ޖެހުނީ ބޮޑު ދޮގެއް ހަދާށެވެ. އުމުރަކީ 109 އަހަރު ކަމުގައި ބުނާށެވެ.
ފޭސްބުކްގައި ރަޖިސްޓްރީވާއިރު އުފަންދުވަސް ސެޓް ކުރެވެން އިންނަ އެންމެ ދުރު ތާރީހަކީ 1905 އެވެ. އަނާ އުފަންވީ 1905 ގައެވެ. ކޮންމެއަކަސް މަޖުބޫރީ ހާލެއްގައި އުމުރު ބަދަލު ކުރުމަށްފަ އަނާ ވަނީ ފޭސްބުކް އެކައުންޓެއް ހުޅުވާފަ އެވެ. މީގެ ކުރިން ފޭސްބުކްގައި އެންމެ ދޮށީ މީހެއްގެ ގޮތުން ރަޖިސްޓްރީވެފައިވާ މީހަކީ 99 އަހަރުގެ މީހެކެވެ.