ޓީވީ ކުރިމަތީގައި ކާންދޭށޭ ކިޔާފައި ގޮވާލުމުން ޕިއްޒާ ލިބޭނެ ގޮތް ތައާރަފު ކޮށްފި

އެކްސްބޮކްސް ބޭނުންކުރާ ފަރާތްތަކުން ޓީވީ ސްކްރީން ކުރި މަތީގައި ކާންދޭށޭ ކިޔާފައި ގޮވާލުމުން ޕިއްޒާ އަށް އޯޑަރު ކުރެވޭ އެޕްލިކޭޝަނެއް އުފައްދައިފިއެވެ.

މައިކްރޮސޮފްޓުން އުފައްދާފައިވާ މި އެޕްލިކޭޝަނަކީ ޑޮމިނޯސް ޕިއްޒާއާއި އެކު ވެވުނު އެއްބަސް ވުމެއްގެ ދަށުން އުފައްދާފައިވާ އެޕްލިކޭޝަނެކެވެ.

މި އެޕްލިކޭޝަން  ބޭނުންކުރާ ފަރާތްތަކުން ވީޑީއޯ ގޭމު ކުޅުމުގެ ތެރެއިން ޓީވީ ސްކްރީން ކުރިމަތީގައި ”ފީޑް މީ“އޭ ބުނެފިނަމަ ޑޮމިނޯސްއަށް ޕިއްޒާއެއްގެ އޯޑަރު ދެވޭނެއެވެ.

މީގެ އިތުރުން މި އެޕުގައި ދައްކުވައިދޭ މެނޫއިން ޓީވީ ސްކްރީނުން އެމީހަކު ބޭނުންވާ ވައްތަރެއްގެ ޕިއްޒާއާއި އިތުރު ސައިޑް ޑިޝްތައް ވެސް އިހުތިޔާރު ކުރެވޭނެއެވެ. އެއަށްފަހު ޑޮމިނޯސްގައި އޯޑަރު ރަޖިސްޓާ ކުރެވި، އެންމެ ކައިރީގައި ހުރި ރެސްޓޯރެންޓުން ޑެލިވަރީ ކޮށްދޭނެއެވެ.

އާންމު ގޮތެއްގައި ގޭގައި ތިބެ ގޭމު ކުޅޭ ފަރާތްތަކުން އެކި ބާވަތުގެ ކާއެއްޗެތި އޯޑަރު ކޮށްގެން ގެންނަ އިރު، މިފަދަ އެޕްލިކޭޝަނެއް އުފެއްދުމުން އެއަށް ލިބޭ ޝައުގުވެރިކަން ވަރަށް ބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ.

ޔޫކޭގައި ހުންނަ ޑޮމިނޯސް ޕިއްޒާގައި މަސައްކަތް ކުރާ ސައިމަން ވަލިސް ބުނެފައިވަނީ ގޭމު ކުޅުންތެރިން ޕިއްޒާއަށް ލޯބިކުރާ ކަމަށާއި ޑޮމިނޯސްއިން ގޭމު ކުޅުންތެރިންނަށް ލޯބިކުރާކަމަށެވެ. އަދި ގިނަބަޔަކު މި އެޕްލިކޭޝަންގެ  ބޭނުންކުރާތަން ދެކެން ކެތްމަދު ވެފައި ވާކަމަށް ވެސް އޭނާ އިތުރަށް ބުންޏެވެ.

އެކްސްބޮކްސް ގެންގުޅޭ ގޭމު ކުޅުންތެރިންނަށް ބޭނުންކުރެވޭ މި އެޕްލިކޭޝަންގެ ސަބަބުން އެކްސްބޮކްސް އާއި ޑޮމިނޯސް ޕިއްޒާގެ ޑިމާންޑް ވެސް މައްޗަށް ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިކަމާމެދު ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *